ގުރުއާން މުދައްރިސް ކަރީމް ގުރުއާން މުދައްރިސްކަމުގެ ވަޒީފައިން ރިޓަޔަރ ކޮށްފި

ޝަމްސުއްދީން ސްކޫލްގެ ގުރުއާން މުދައްރިސް އަލްހާފިޒު މުހައްމަދު އަބްދުލްކަރީމް ގުރުއާން މުދައްރިސްކަމުން ރިޓަޔަރ ކޮށްފިއެވެ.

ވީއޯއެމްއަށް އެނގިފައިވާގޮތުގައި ގުރުއާން މުދައްރިސް މުހައްމަދު އަބްދުލްކަރީމް  ރިޓަޔަރ ކޮށްފައިވަނީ 26 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގައެވެ.

މުހައްމަދު އަބްދުލް ކަރީމް ރިޓަޔަރ ކޮށްފައި މިވަނީ  33 އަހަރަށް ވުރެ ދިގުމުއްދަތެއްގައި ގުރުއާން މުދައްރިސެއްގެ ގޮތުގައި ޚިދުމަތް ކުރެއްވުމަށްފަހު ޝަރަފުވެރިކަމާ އެކުގައެވެ.

33 އަހަރު ގުރުއާން މުދައްރިސެއްގެ ގޮތުގައި ކަރީމް ޚިދުމަތް ކުރެއްވިއިރު އަތޮޅު ފެންވަރުގައި ބޭއްވުނު ގިނަ ގުރުއާން މުބާރާތްތަކުންނާއި ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުންވެސް ކަރީމް ގުރުއާން ކިޔަވާ ދެއްވި ދަރިވަރުންވަނީ ގިނަގުނަ ކާމިޔާބުތަކެއް ހޯއްދަވާފައެވެ. އަދި މީގެ އިތުރަށް ކަރީމްއަކީ ދަރިވަރުންނާއި ބެލެނިވެރީންގެ އިހުތިރާމާއި ލޯބި ހޯއްދަވާފައިވާ ހިތްހެޔޮ ބޭފުޅެކެވެ.

އަދި މީދޫ މަސާއުލްބަރުދު މުހައްމަދު އަބްދުލް ކަރީމަކީ މުޅި މީދޫވެސް އެ އެބޭފުކަށްޓަކައި  ފަޚުރުވެރިވާފަދަ އަގުހުރި ޚިދުމަތްތަކެއް ގުރުއާން އުގަންނައި ދިނުމަށް  ކުރައްވާފައިވާ ބޭފުޅެއްކަން ކަށަވަރެވެ. “ވީއޯއެމް” ޓީމުގެ ފަރާތުން އަބަދުވެސް އެދެނީ މުހައްމަދު އަބްދުލް ކަރީމަށް އަދަށް ވުރެ މާ ފާގަތި މާދާމާއެއް ﷲ ތަޢާލާ މިންވަރުކޮށްދެއްވުމެވެ.

ޝަމްސުއްދީން ސްކޫލްގެ ގުރުއާން މުދައްރިސެއްގެ މަގާމުގައި ހުންނެވުމަށްފަހު ކަރީމް ރިޓަޔަރ ކުރައްވާފައިވާއިރު އަންނަ އަހަރުން ފެށިގެން ޝަމްސުއްދީން ސްކޫލް ބަންދުކޮށް އެސްކޫލްގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުން އަތޮޅުމަދަރުސާއަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ ނިންމަވާފައެވެ. އަދި މީގެ އިތުރަށް ޝަމްސުއްދީން ސްކޫލްގެ ޕްރިންސިޕަލް ސުލްޠާން ރާމިޒުވެސް ކުށްލިގޮތަކަށް ހިތަދޫ ނޫރާނީސްކޫލަށް ވަނީ ބަދަލުކުރައްވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫއާއި މީދޫގައިކޮވިޑް-19ގެ ހާލަތު ކަންބޮޑުވާ މިންވަރެއްގައި

ހުޅުދޫއާއި މީދޫގެ ކޮވިޑް-19ގެ ހާލަތު  ކަންބޮޑުވާ ހާލަތަކަށް އުފުލިއްޖެއެވެ. މިގޮތުން އިއްޔެ (9 މެއި 2021) އެކަނި ވެސް ...

ސެމީފައިނަލުން ފުވައްމުލަކު މާލެގަން ޖާގަ ހޯދައިފި

ފުވައްމުލަކު މާލެގަން ޓީމް ” ޑްރީމްސް ޕިއްޒާ” ވަގުތު ފުޓްސަލް ޗެލެންޖް  ގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ. މާލެގަން ...

ގައުމު ދެކޭ ތަރައްގީއާ ބީރައްޓެހި، ތަޖުރިބާއެއް ނެތް ކެންޑިޑޭޓަކަށް ކުރިއެރުމެއް ނުހިފެހެއްޓޭނެ – ސައީދު

ގައުމު ދެކޭ ތަރައްގީއާ ބީރައްޓެހި، ތަޖުރިބާއެއް ނެތް ކެންޑިޑޭޓަކަށް ކުރިއެރުމެއް ނުހިފެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ...