ކަސްޓަމްސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

އައްޑޫ ސިޓީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަސްޓަމްސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.
 

މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އާއި އައްޑޫސިޓީ ގެ މޭޔަރު ޢަލީ ނިޒާރު އަދި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޝަރީފްއެވެ.

ކަސްޓަމްސްގެ ސައުތް ރީޖަނަލް ހެޑް އޮފީސް އިމާރާތް އަޅަން ކައުންސިލުން ވަނީ ކަސްޓަމްސް އަށް މަރަދޫ ލޯކަލް މާރުކޭޓްގެ އުތުރުން އޮންނަ ހުސްބިމުން 12,000 އަކަފޫޓުގެ ބިމެއް ދޫކޮށްފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ދެއްކެވި ވާހަކަފުޅުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވިސްނުމަކީ ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތް ދިނުމަށްޓަކައި، މާލެފިޔަވައި ރާއްޖޭގެ އެހެން ބަނދަރުތަކުގައި އިމްޕޯރޓް އެކްސްޕޯޓްގެ މަސައްކަތް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

އަދި ސައުތު ރީޖަނަލް އޮފީހުގެ ސަބަބުން އައްޑޫ ސިޓީގެ ވިޔަފާރި ބަނދަރު އިތުރަށް ތަރައްޤީވެ، އައްޑޫ ސިޓީގެ ވިޔަފާރިއަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫއަށް އުދަ އަރައި އެފްކޮންސް އިން ހަދަމުންއަންނަ ބްރިޖަށް ގެއްލުންވެއްޖެ

އުދަ އަރައި އައްޑޫ ސިޓީގެ ހަންކެޑެ ސަރަހައްދުގައި އިންޑިއާގެ އެފްކޮންސް ކުންފުނިން ހަދަމުން އަންނަ ބްރިޖަށް ބޮޑެތި ގެއްލުންތަކެއް ...

ރައީސްގެ ހިތްވަރާއި، ދެއްކި މިސާލަށް ރައީސް ނަޝީދުގެ ތަޢުރީފް !

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރެއްވި ހިތްވަރާއި ދެއްކެވި ސާބިތުކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ...

ރިޔާސީ އިންތިޚާބު 2023: ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި

މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް މިއަދު ތަރުތީބުކޮށްފިއެވެ. ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމާއެކު ...