މިވަގުތަކީ އެއްވެސް ބޭފުޅަކު ރޮޒެއިނާ ނުވަތަ އެމްޑީޕީއާއި ދުރަށްދާންވީ ވަގުތެއްނޫން

Advertisement

މިވަގުތަކީ އެއްވެސް ބޭފުޅަކު މިދާއިރާއަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް ރޮޒެއިނާ އާދަމްއާއި ނުވަތަ  އެމްޑީޕީއާއި ދުރަށްދާންވީ ވަގުތެއްނޫނެވެ . މިވަގުތަކީ ހުރިހާބޭފުޅުންވެސް ރޮޒެއިނާއި ގުޅިގެން ނުވަތަ އެމްޑީޕީއާއި ގާތްވެ ރޮޒެއިނާއާއި އެކީގައި މިއާ 5 އަހަރު މަސައްކަތް ކުރަންވީ ވަގުތެވެ .

ސަބަބަކީ ތަރައްގީގެ އެއްވެސް ޕްރޮޖެކެޓެއް ސަރުކާރާއި ނުލާ ނުހިންގޭނެތީއެވެ،

ބައެއް ކެނޑިޑޭޓުން އެބަވިދާޅުވޭ  ސަރުކާރުކާރާއި ގުޅިގެން ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރާނެކަމަށް  އެހެން ވިދާޅުވާ ބޭފުޅުންނަށް ސަރުކާރާއި ގުޅިގެން މަސައްކަތް  ކުރެވޭނެކަމާއި މެދު ސުވާލު އުފެދެއެވެ.

އެޖެންޑާ 19 އަކީ  އެމްޑިޕީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ 19 ބިލެކެވެ. އޭގައި ރައްޔިތުންނަށް ފޮރުވާފައވާ އެއްވެސް އެއްޗެއް ނުވެއެވެ.

އެހެންވީމާ މަޖިލިސް 19 ސަރުކާރަށް ލިބެން އެބަޖެހެއެވެ . އެއީސަރުކާރަށް  މަޖިލިސް މެޖޯރިޓީ ލިބުނީމާ އެމެޖޯރިޓީ ބޭނުންކުރާނީ އެޖެންޑާ19 ތަންފީޒު ކުރުމަށްކަމަށްވާތީއެވެ . އަދި އެޖެންޑާ19 ގައި މިދާއިރާއަށް ތަރައްގީ ހޯދާ ދިނުމަށް ކަނޑައަޅާފައިވާ ކަންތައްތައް ހުރުމާއެކުގައެވެ.

މިދާއިރާގެ ކަންތައްތައް ހައިސްޕީޑްގައި ތަރައްގީ ކުރުވަން ބޭނުންފުޅުވާކަމަށް ވާނަމަ އަޅުގަޑުމެން އެންމެން އެމްޑީޕީއާއި ގާތްވެ އެޕްރީލް 6 ގައި މިދާއިރާއަށް ސަރުކާރުން ކުރިމަތި ލައްވާފައިވާ ކެނޑިޑޭޓް ރޮޒެއިނާ އަށް ވޯޓްދެއްވާ ރޮޒެއިނާ މަޖިލިސް މެމްބަރަކަށް ހޮވަމާހިގާށެވެ.

އެއިރުން އިރާދަ ކުރެއްވިޔާ މިފަސް އަހަރުގެ ތެރޭގައި އަޅުގަޑުމެންނަށް ތަފާތު ފެންނާނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލޯޑު ބޮޑުވާ ބައެއް ގަޑިތަކުގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ޚިދުމަތް ކެނޑޭނެ – ފެނަކަ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމުގައި ދިމާވެފައިވާ ފަންނީ މައްސަލައެއްގެ ސަބަބުން، ލޯޑު ބޮޑުވާ ބައެއް ...

އައްޑޫގެ ހިމަބިހި ކޭސް: ކޮންޓެކްޓްވި މީހުންގެ ގައިން އަލާމާތެއް ނުފެނޭ

އައްޑޫ ސިޓީން ފެނުނު ހިމަބިހި (މީސަލްސް) ކޭސްއާއި ގުޅިގެން ކޮންޓެކްޓްވި މީހުންގެ ގޮތުގައި ފާހަގަކުރެވިފައިވާ އެއްވެސް މީހެއްގެ ފަރާތުން ...

‏‏”މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021″ ގެ ބައިވެރިންނަށް މީދުން ހޫނު މަރުހަބާއެއް

“މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021” ގެ ބައިވެރިން މީދުއަށް އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ‏”މޯލްޑިވްސް ޖެޓްސްކީ ޓުއަރ ...