މިވަގުތަކީ އެއްވެސް ބޭފުޅަކު ރޮޒެއިނާ ނުވަތަ އެމްޑީޕީއާއި ދުރަށްދާންވީ ވަގުތެއްނޫން

Advertisement

މިވަގުތަކީ އެއްވެސް ބޭފުޅަކު މިދާއިރާއަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް ރޮޒެއިނާ އާދަމްއާއި ނުވަތަ  އެމްޑީޕީއާއި ދުރަށްދާންވީ ވަގުތެއްނޫނެވެ . މިވަގުތަކީ ހުރިހާބޭފުޅުންވެސް ރޮޒެއިނާއި ގުޅިގެން ނުވަތަ އެމްޑީޕީއާއި ގާތްވެ ރޮޒެއިނާއާއި އެކީގައި މިއާ 5 އަހަރު މަސައްކަތް ކުރަންވީ ވަގުތެވެ .

ސަބަބަކީ ތަރައްގީގެ އެއްވެސް ޕްރޮޖެކެޓެއް ސަރުކާރާއި ނުލާ ނުހިންގޭނެތީއެވެ،

ބައެއް ކެނޑިޑޭޓުން އެބަވިދާޅުވޭ  ސަރުކާރުކާރާއި ގުޅިގެން ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރާނެކަމަށް  އެހެން ވިދާޅުވާ ބޭފުޅުންނަށް ސަރުކާރާއި ގުޅިގެން މަސައްކަތް  ކުރެވޭނެކަމާއި މެދު ސުވާލު އުފެދެއެވެ.

އެޖެންޑާ 19 އަކީ  އެމްޑިޕީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ 19 ބިލެކެވެ. އޭގައި ރައްޔިތުންނަށް ފޮރުވާފައވާ އެއްވެސް އެއްޗެއް ނުވެއެވެ.

އެހެންވީމާ މަޖިލިސް 19 ސަރުކާރަށް ލިބެން އެބަޖެހެއެވެ . އެއީސަރުކާރަށް  މަޖިލިސް މެޖޯރިޓީ ލިބުނީމާ އެމެޖޯރިޓީ ބޭނުންކުރާނީ އެޖެންޑާ19 ތަންފީޒު ކުރުމަށްކަމަށްވާތީއެވެ . އަދި އެޖެންޑާ19 ގައި މިދާއިރާއަށް ތަރައްގީ ހޯދާ ދިނުމަށް ކަނޑައަޅާފައިވާ ކަންތައްތައް ހުރުމާއެކުގައެވެ.

މިދާއިރާގެ ކަންތައްތައް ހައިސްޕީޑްގައި ތަރައްގީ ކުރުވަން ބޭނުންފުޅުވާކަމަށް ވާނަމަ އަޅުގަޑުމެން އެންމެން އެމްޑީޕީއާއި ގާތްވެ އެޕްރީލް 6 ގައި މިދާއިރާއަށް ސަރުކާރުން ކުރިމަތި ލައްވާފައިވާ ކެނޑިޑޭޓް ރޮޒެއިނާ އަށް ވޯޓްދެއްވާ ރޮޒެއިނާ މަޖިލިސް މެމްބަރަކަށް ހޮވަމާހިގާށެވެ.

އެއިރުން އިރާދަ ކުރެއްވިޔާ މިފަސް އަހަރުގެ ތެރޭގައި އަޅުގަޑުމެންނަށް ތަފާތު ފެންނާނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބޭރު ޓީޗަރުންނަށް ދޭގޮތަށް އެލަވަންސްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެ: މެމްބަރު އަލީ ހުސައިން

ބޭރު ޓީޗަރުންނަށް ދޭގޮތައް ދިވެހި ޓީޗަރުން އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެކަމަށް ރައްޔަތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ...

ތިނަދޫ ކައުންސިލްގެ މުވައްޒަފުން ތަޖުރިބާ ދަތުރެއްގައި މީދޫއާއި ހުޅުދުއަށް

ގދ. ތިނަދޫ ކައުންސިލްގެ މުވައްޒަފުން ތަޖުރިބާ ދަތުރެއްގައި އައްޑޫސިޓީ މީދޫއާއި ހުޅުދުއަށް ބުރާސްފަތި ޒިޔާރަތްކޮށްފިއެވެ. މީދޫ ކައުންސިލްގެ ޑިރެކްޓަރ ...

މީހުން ދިރުއުޅޭ ރަށްރަށުގައި ފަތުރުވެރިން ތިބޭ ތަންތަނުގެ އިންސްޕެކްޝަން މިއަދު ފަށަނީ

މީހުން ދިރުއުޅޭ ރަށްރަށުގައި ފަތުރުވެރިން ތިބޭ ތަންތަން ބަލާ ޗެކްކުރުމަށް ދައުލަތުގެ ގިނަ އިދާރާތަކެއް ގުޅިގެން ފަށާ އިންސްޕެކްޝަން ...