ކޮވިޑް19- ބޮޑެތި ގައުމުތަކުން ފެށިގެން ކުދި ގައުމުތައްވެސް ކަކޫ މައްޗަށް ތިރިކުރި ބަލި މަޑުކަމެއް

ކޮވިޑް 19 ގެ ނުރައްކާތެރިކަމުގެ ވާހަކައަކީ މިހާރު އާވާހަކައެއް ނޫނެވެ. މިއީ މުޅިދުނިޔޭގެ އެންމެ ބޮޑެތި ގައުމުތަކުން ފެށިގެން ކުދި ގައުމުތައްވެސް ކަކޫ މައްޗަށް ތިރިކުރި ބަލި މަޑުކަމެކެވެ.

އިގްތިސާދީ އިޖްތިމާއީ އެތައް ގެއްލުމެއް މުޅި ދުނިޔެއަށް ކުރިމަތިކޮށް އާއްމު ދިރިއުޅުން އެއްކޮށްކަހަލަ ގޮތަކަށް ބަދަލުކޮށްލި ވައިރަސް އެކެވެ. އަދިޔަސް މިބަލިދަނީ ދުނިޔޭގެ އެކިގައުމުތަކަށް ފެތުރެމުންނެވެ. އެހެންކަމުން ކުރިއަށްއޮތްތާގައި ލިބޭނެ ގެއްލުންވެސް އެހާ ބޮޑެވެ.

މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި މިބަލިމަޑުކަމުގެ ސަބަބުން މުޅިދުނިޔެ މިވަނީ ބިރުވެރިކަންމަތީ ބަނދެވިފައެވެ. މިބަލި ޖެހި މީހާ މަރުވާ ހިސާބުން އަދި ނިމުނީކީ ނޫނެވެ. އާއިލާއާއި ރަށްޓެހީންނަށް މަރުވާމީހާގެ ޖަނާޒާގައިވެސް ބައިވެރިއެއް ނުވެވެއެވެ.

މިގޮތުން މިބަލިއާއި ގުޅިގެން ލިބުނު އެންމެ ހިތްދަތި އެއްޚަބަރަކީ ދެކުނު ލަންޑަންގެ ބްރިސްޓަންގައި ކޮވިޑް19 ޖެހި މަރުވެގެންދިޔަ 13 އަހރުގެ އިސްމާއީލް މުހައްމަދު އަބްދުލް ވައްހާބުގެ ވާހަކައެވެ. 26 މާރޗްގައި ކޮވިޑް19 ގެ އަލާމާތްތަކާއެކު ލަންޑަނުގެ ކިންގްސް ކޮލެޖް ހޮސްޕިޓަލުގައި އެޑްމިޑްކުރި އިސްމާއީލަކީ ސިއްހަތު ރަގަޅު ޅަޒުވާނެކެވެ. އެހެން އެއްވެސް ބައްޔެއްނެތް އިސްމާއީލް މަރުވެގެންދިޔައީ ކޮވިޑް19 ޖެހި ބައްޔަށް ފަރުވާ ދެމުންދަނިކޮށް ހިތްހުއްޓިގެންކަމަށް ޚަބަރުތައް ބުނެއެވެ. އެންމެ ދެރަކަމަކީ އާއިލާގެ މެމްބަރުންނަށްވެސް އޭނާގެ  ޖަނާޒާގައިވެސް ބައިވެރި ނުވެވުމެވެ . އޭނާގެ އާއިލާއިން އޭނާއަށް އަލްވަދާއުކީ އޮންލައިން ވީޑިއޯ މެދުވެރިކޮށެވެ.

ހިތްދަތިކަމުގެ ކޮޅެއްވެސް ނެތެވެ. އަމިއްލަ ގާތްމީހަކަށް މިފަދަކަމެއް ދިމާވެއްޖެނަމަ ހިތައްކުރާނެ އަސަރު ހަދުމަކޮށްލާށެވެ. މިވައިރަސްގައި ލޯބިވާ މީހަކު ނުވަތަ ގާތްތިމާގެ މީހެއް ނުވަތަ ރައްޓެއްސަކު މަރުވެދާއިރު އޭނާއަށް އެންމެފަހުގެ އަލްވަދާއުކިއުމަށް ވެސް މަހުރޫމްވެއެވެ. އެހެންކަމުން މިފަދަ ކަންކަން ހަދުމަކޮށްގެންވެސް މިބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އަޅުގަޑުމެން ގޭގައި ތިބުން މުހިއްމެވެ. އަދި މިކަމުގައި އޮތް ހަމައެކަނި ހައްލަކީ އަމިއްލަ ރައްކާތެރިކަމާ އާއިލާއާއި ގާތްތިމާގެ މީހުންނާއި ރައްޓެހިންގެ ރައްކާތެރިކަމަށް ގޭގައި މަޑުކުރުމެވެ.

މިހާރު ވައިރަސް ޖެހިފައިވާ މީހުން އެއްމިލިއަނަށްވުރެ މަތިވެގެން ގޮސްފައިވާއިރު މަރުވި މީހުންގެ އަދަދުވެސް ހަތްދިހަހާހަށްވުރެ މައްޗަށް ވަނީ ގޮސްފައެވެ.

ކޮވިޑް19 ގެ ނުރައްކާތެރިކަން ބޮޑީ މިއަށް ފަރުވާއެއް ހޯދިފައިނުވާތީއެވެ. އާދައިގެ ރޯގާއެއްގެ ސިފަހުއްޓަސް މިއީ އާދައިގެ ވައިރަހެއްނޫނެވެ. މިވައިރަސް ޖެހޭ މީހެއްގެ ފުއްޕާމެއަށް ލިބޭގެއްލުން އުމުރު ދުވަހު ހުންނާނެކަމަށް ސިއްހީ މާހިރުން ބުނެއެވެ.

ކޮވިޑް19 ޖެހިގެން މަރުވާ މީހުންގެ އާއިލާއަށް ލިބޭ ހިތާމަވެރިކަން އެންމެ ބޮޑުވަނީ މިބަލި ޖެހުމުން ބަލިވާ މީހާ އެކަހެރިކޮށް އާއިލާގެ މީހުންނާއި ރައްޓެހީންނާއި ދުރުކޮށްލާ ދުރުކޮށްލުމެވެ. އެކަނި އޮވެ ބަލި މީހާ މަރުވެގެންދިއުމުން އާއިލާއާއި ގާތްތިމާގެ މީހުން އަދި ރަހުމަތްތެރީންނަށްލިބޭ ހިތްދަތިކަމުގެ ކޮޅެއްވެސް ނެތެވެ.

މިބަލިން އާއްމު ރަށްޔިތުން ރައްކާތެރިކުރުމަށް ދުނިޔޭގެ އެކިގައުމުތަކުގައި މިކަމަށް ހޭލުން ތެރިކުރުމުގެ ގޮތުން އެތައް ޚަބަރުތަކަކާ މައުލޫމާތު ތަކެއް ދަނީ އެކި ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދެމުންނެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އުއްމީދީ ކުޅުންތެރިޔާ ސަހާފްއަށް ފުލް ސްކޮލަޝިޕެއް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ޒުވާނުން ސްޕޮންސާކޮށް އެމީހުންނަށް ކިޔަވައިދިނުމުގެ މަސައްކަތް ފަށައިފިއެވެ. މިގޮތުން މީދޫގެ ފުޓްބޯޅައިގައި ...

މިގޮޑީގައި އަޅުގަޑު ބައިންދައިފިނަމަ މިގޮޑި ނީލަމުގައި އިންނަދުވަހެއް ތިޔަބޭފުޅުންނަށް ނުފެންނާނެ- ރޮޒެއިނާ

މީދޫއާއި ވަރަށްބޮޑު އާއިލީގުޅުމެއް އޮންނަކަމަށާ މަރަދޫފޭދޫއަށް ބަލާއިރު މަރަދޫފޭދޫގެ ރަށްޔިތުންނާއި ހިތާހިތުގެ ގުޅުމަކުން ގުޅިފައިވާކަމަށް ރޮޒެއިނާ އާދާމް ވިދާޅުވެއްޖެވެ ...

އޮމިކްރޮންގެ ނުރައްކާ ބޮޑުވެދާނެތީ ސަމާލުވާން އެޗްޕީއޭ އެދިއްޖެ

ކޮވިޑް-19 އިގެ އާ ވޭރިއަންޓް “އޮމިކްރޯން” ނުރައްކާ ބޮޑުވެދާނެތިން އިތުރަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ...