އަލަށް އަމަލުކުރަންފެށި ނަރުހުންގެ ވަޒީފާގެ އޮނިގަނޑާއެކު ނަރުހުންގެ މުސާރަ %15 ބޮޑުކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ މި މަހުގެ އެއް ވަނަ ދުވަހު ޢަމަލުކުރަން ފެށި ނަރުހުންގެ ވަޒީފާގެ އާ އޮނިގަނޑާއެކު މުސާރަ ބޮޑު ވުމުގެ އިތުރުން މަތީ ތަޢުލީމް ހާސިލްކުރުމަށްވެސް ނަރުހުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށެވެ.

ސިއްޙީ ދާއިރާގެ ޚިދުމަތް ފުޅާވެގެންދާއިރު ނަރުހުންގެ ޚިދުމަތަކީ ކުރިއަރާ ދިއުމަށް ބޭނުންވެފައިވާ ޚިދުމަތެއްކަމުން އާ އޮނިގަނޑު އެކުލަވާލާފައިވާނީ ނަރުހުންނަށް ބޭނުންވާ ޚާއްސަ ތަމްރީން ޕްރޮގްރާމްތަކަށާއި އިތުރު ފުރުޞަތަކަށް ފަހިވާގޮތަށް ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ކުރިން ޢަމަލު ކުރަމުންދިޔަ ނަރުހުންގެ ވަޒީފާގެ އޮނިގަނޑާ ޚިލާފަށް އަލަށް އަމަލުކުރަންފެށި އޮނިގަނޑުގައި 4 ކަމެއް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މުވައްޒަފުގެ ތަޢުލީމާއި މަސައްކަތުގެ ފެންވަރަށް ބަލައިގެން ކޮންމެ ދެ އަހަރަކުން ކުރިއެރުން ލިބޭ ގޮތަށާއި ނަރސިންގ ދާއިރާއިން މަތީ ތަޢުލީމް ހާސިލް ކުރުމުން އެ ދާއިރާއިން އިތުރަށް ކުރިއަށްދިއުމަށް ފުރުޞަތު ފަހިކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ނަރުހުންގެ ޚިދުމަތަށް ސްޕެޝަލައިޒްޑް ނަރުހުން ތައާރަފްވާނެ ގޮތަށާއި އާއްމު އަދި ޚާއްސަ ދާއިރާތަކުން މަޤާމުގެ ކުރިއެރުން ލިބޭނެ ގޮތަށް މި އޮނިގަނޑު ވަނީ ބަދަލުކޮށްފައެވެ.

ނަރުހުންގެ އާ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތްކޮށްފައި ވަނީ ސިވިލް ސާރވިސް ކޮމިޝަނާއި އައިޖީއެމްއެޗާއި މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލާއި ކަމާ ގުޅޭ ޓެކްނިކަލް ފަރާތްތަކާއި އަދި ކަމާ ގުޅުންހުރި އެހެނިގެން އިދާރާތަކާއި މަޝްވަރާކުރުމަށްފަހުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

2023 ގައި ޑިޖިޓަލް އައިޑީ ކާޑު ތައާރަފުކުރަނީ

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރައްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތައާރަފުކުރެވޭނެ ކަމަށް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ...

ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ތިން މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ތިން މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ ...

ޕީޕީއެމުން ވަކިކުރަން ނިންމި ނިންމުން ބަލައެއް ނުގަންނަން: މަލީހް

ކުރީގެ ރައީސް ޔާމީނު ފަޅީގައި ހުންނެވި މުހައްމަދު މަލީހް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިކުރުމަށް ...