ސަބްއޯޝަނިކުން ރެޑްއެންޓްސް ތަފާތުބޮޑުކޮށް ބަލިކޮށްފި

ސިޔާކަޕް ފުޓްބޯޅަ މުބާރާތުގައި ކެނެރީފް ރިސޯޓުން މިމުބާރާތުގައި ބައިވެރިވި ސަބްއޯޝަނިކުން  ތަފާތު ބޮޑުކޮށް ކްލަބް ރެޑްއެންޓްސް ބަލިކޮށްފި އެވެ.

މީދޫ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅެވުނު  މިމެޗުގައި ސަބްއޯޝަނިކުން ޜެޑްއެންޓްސް ބަލިކުރީ 4 ލަނޑު 0 ލަނޑުންނެވެ.

އިއްޔެގެމެޗްގައި ސަބްއޯޝަނިކުން ކާމިޔާބުކުރި 4 ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޖޯޒީ ނަމްބަރު 10 މުހައްމަދު އަމީތު ، ޖޯޒީނަމްބަރ 9 ސަރުމަދު ބުޝްރީ ، ޖޯޒީނަމްބަރު 16 އިބްރާހިމް ހާރިޝް އަދި ޖޯޒީ ނަމްބަރު 5 އަބްދުﷲ އައުސެވެ.

މިމެޗުން 4 ލަނޑު 0 ލަނޑުން ކްލަބް ރެޑްއެންޓް ބަލިވިކަމުގައިވިޔަސް އެޓީމަށްވެސް މިމެޗްގައި ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބިގެންގޮސްފައިވެއެވެ.

ޝަރަފްވެރިމެހްމާނު ޖަވާދު މޮޅުކުޅުންެރިޔާ ސަރުމަދުއާއި ޓްރޮފީ ހަވާލްކުރަނީ

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ސަރުމަދު ބުޝްރީއަށް މޮޅުކުޅުންތެރިޔާއަށްދޭ ޓްރޮފީ ހަވާލްކޮށްދިނީ މިމެޗްގެ ޝަރަފްވެރިމެހުމާނު ޖަވާދުﷲ ޒާހިރުއެވެ.

މިމެޗްގައި ކްލަބް ރެޑްއެންޓްސްގެ މުހައްމަދު ދީދީއާއި ސަބްއޯޝަނިކްގެ ހަސަން ލައުހު އަދި އެޓީމުގެ މުހައްމަދު އަމީތަށް ރެފްރީ ރީދޫ ކާޑު ދައްކާފައިވާއިރު ރެފްރީވަނީ ކްލްބް ރެޑްއެންޓްގެ ކޯޗާއި މެނޭޖަރު ބެންޗުން ފޮނުވާލާފައެވެ.

މިމެޗުން ރެޑްއެންޓްސް ބަލިވުމުން 3 މެޗުކުޅެގެން އެޓީމަށް 3 ޕޮއިންޓް ލިބިފައިވާއިރު ސަބްއޯޝަނިކަށް 3 މެޗް ކުޅެގެން ލިބިފައިވަނީ 4 ޕޮއިންޓެވެ.

މިމުބާރާތުގައި މިއަދު ހަވީރު ކުޅެވޭމެޗްގައި ބައްދަލުކުރާނީ ގައުމު އެފްސީއާއި ގައުމު ޖޫނިއާސްބައްދަލުކުރާމެޗެވެ.

ޜެޑްއެންޓްސްގެ މުހައްމަދުދީދީއަށް ރެފްރީ ރީދޫ ކާޑު ދައްކަނީ

ސަންއޯޝަނިކުގެ ލައުހުއަށް ރެފްރީ ރީދޫކާޑު ދައްކަނީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލޯނު އުސޫލުން ނޭމާ ބާސެލޯނާއަށް ދޫކޮށްލަނީ ؟

ޕީއެސްޖީ  ދޫކޮށްލަން ބޭނުންވެފައިހުރި ތައްޔާރުވެއްޖެވެ. މީގެ ދެއަހަރުކުރީން ދުނިޔޭގެ ރެކޯޑްފީއެއްކަމަށްވާ 222 މިލިއަން ޕައުންޑަށް ބާސެލޯނާދޫކޮށްލި ފޯވާޑް އަލުން ...

ފޭދޫ ސްކޫލް ބަލިކޮށް އަތޮޅުމަދަރުސާ ފައިނަލަށް

މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރާގައި އިއްޔެ ހަވީރު ކުޅެވުނު މެޗް ...

ޔުނައިޓެޑް ބްރަދާސްއާއި ބްރަދާސް ޔުނައިޓެޑް ސެމީފައިނަލަށް

އައްޑުއަތޮޅު ހުޅުމީދޫގައި  މިހާރު ކުރިއަށްދާ ” ބެސްޓް ފުޓްސަލް މުބާރާތް 2018 ” ގައި  ރޭ އެފްސީ ލަކީއާއި ...