މޮނީޓަރިންގެ ހާލަތު ނެތް ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދެނީ

ކޮވިޑް-19 އާ ގުޅިގެން މޮނީޓަރިންގެ ހާލަތު ނެތް ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތިން ދޭން ޔޫތް މިނިސްޓްރީން ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް ފެތުރިފައި ނުވާ ރަށްތަކާއި މޮނީޓަރިންގެ ހާލަތު ނިމި 14 ދުވަސް ވެފައިވާ ރަށްތަކުގައި ކުޅިވަރު ކުޅުމުގެ ހުއްދައަށް ގިނަ އަދަދެއްގެ ޒުވާނުން އެދެމުން އަންނާތީ އެކަމާ ގުޅޭގޮތުން އެޗްޕީއޭ އާއި ޓެގް ޓީމާއެކު މަޝްވަރާކޮށްފައިިވާ ކަމަށެވެ.

އެގޮތުން ނިންމާފައިވާ ނިންމުމަކީ ރަށު ކައުންސިލްތަކުން އެރަށެއްގައި ކުޅިވަރު ކުޅުން މަނާކުރި އުސޫލުގެ ދަށުން، ބަލި ފެތުރިފައި ނުވާ ރަށްތަކާއި މޮނީޓަރިންގެ ހާލަތު ނިމި 14 ދުވަސް ވެފައިވާ ރަށްތަކުގެ ކައުންސިލްތަކުން އެ ރަށް ރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުމެވެ. ނަމަވެސް ގިނަ ބަޔަކު އެއްވެގެން ކުޅިވަރު ކުޅުން ފަދަ، ގިނަ ބަޔަކު އެއްވެގެން ހިންގާ އެއްވެސް ހަރަކާތަކަށް ހިތްވަރު ނުދޭ ކަމަށާއި ގައިދުރުކަމަށް އިސްކަންދޭން ހިތްވަރުދޭ ކަމަށް ޓެގް ޓީމުންނާއި އެޗްޕީއޭ އިން ފާހަގަކޮށްފައިވާ ކަަމަށް ޔޫތު މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ޝައްކު ކުރެވޭ މީހަކު ފެނި މޮނިޓަރިންގެ ހާލަތަށް ގެނެސް މިހާރު މޮނިޓަރިންގެ ހާލަތުން ނެގިފައިވާތާ 14 ދުވަސް ވެފައިވާ ރަށްތަކުގައިި ކުޅިވަރު ކުޅުމުގެ ހުއްދަ ދިން ނަމަވެސް، ކޮންމެ ވަގުތެއްގައި ވެސް ކުޅިވަރު ކުޅޭ ތަންތަން އަލުން ބަންދުކުރަން ޖެހިދާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާފަޅާ ސަރަހައްދުގެ ގޮޑުދޮށް: ޖިއޯބޭގް ޖެހުން

މީދޫ ރާފަޅާ ސަރަހައްދުގެ ގޮޑުދޮއް ޙިމާޔަތްކުރުމަށް އެސަރަހައްދުގެ ގޮޑު ދޮށުގައި ޖިއޯ ބޭގް ޖަހައިފިއެވެ.    ޖިއޯ ބޭގް ...

ގަންބުރި ކަޕް 2018 ފުޓްބޯޅަ މުބާރާތް ފަށައިފި – ފުރަތަމަމެޗް ކާމިޔާބުރީ ޕޮލިސް

ގަންބުރި ފުޓްބޯޅަ މުބާރާތް 2018 ގެ ނަމުގައި އިއްޔެ ހަވީރު ފުޓްބޯޅަ މުބާރާތެއް ފަށައިފި އެވެ. މީދޫ ޒުވާނުން ...

ރޯދަމަސް ފެށެން ވާއިރަށް މުވައްޒިފުންނަށް ރޯދަ އިލަވަންސް ދޭން ލޭބަރ ރިލޭޝަންސް އޮތޯރިޓީން އަންގައިފި

ރޯދަމަސް ފެށެން ފާއިރަށް ވަޒީފާ އާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ދިނިމަށް ...