ބަދަހިކަޕް : ޕޮލިސްޓީމާ ވާދަކުރެވޭވަރުގެ ޓީމެއްނެތްކަން އެޓީމުން ދައްކައިފި

ބަދަހިކަޕް ނެޓްބޯޅަ މުބާރާތުގެ ޕޮއިންޓް ސިސްޓަމަށް ކުޅުނު ފަހުމެޗްގައި ޓީމް އެކޭ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކުރުމަށްފަހު މިމުބާރާތުގައި އެޓީމާއި ވާދަކުރެވޭ ފެންވަރުގެ ޓީމެއްނެތްކަން އެޓީމުން ދައްކައިފިއެވެ.

މިމުބާރާތުގެ ފައިނަލަށް ހޮވިފައިވާ ދެޓީމް ޕޮލިސްޓީމާއި ޓީމްއެމްކޭ  ބައްދަލުކޮށް ރޭ ކުޅުނު މެޗްގައި  ޕޮލިސްޓީމުގެ ކުޅުންތެރީންގެ ފަރާތުން ތަފާތު މޮޅުކުޅުމެއް ފެނިގެންގޮސްފައިވާއިރު މިމެޗް އެޓީމު ކާމިޔާބުކޮށްފައިވަނީ 59 ޕޮޓް 20 ޕޮޓް ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިސްޓީމުގެ ފިރުޝާއެވެ.  ފިރުޝާ ވަނީ މިމުބާރާތުގައި ޕޮލިސްޓީމު ކުޅުނު ހުރިހާމެޗެއްގައިވެސް ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

ރޭ ކުޅެވުނު މިމެޗްން ޕޮލިސްޓީމު މޮޅުވުމުން އެޓީމް ފައިނަލަށް ދަތުރުކޮށްފައި މިވަނީ ކުޅުނު 4 މެޗުން  މޮޅުވެ 12 ޕޮއިންޓް ހޯދައިގެންނެވެ. ރޭ ޕޮލިސްއަތުން ބަލިވި ޓީމް ފައިނަލަށް ހޮވުނީ އެޓީމުނު ކުޅުނު 4 މެޗުގެ ތެރެއިން 1 މެޗުން ދެރަވެ 3 މެޗުން މޮޅުވެގެންނެވެ.

އައްޑޫސިޓީގައި ބާއްވާ   އެންމެ އަގުބޮޑު ނެޓްބޯޅަ މުބާރާތް، ” ބަދަހިކަޕް ” އަކީ މީދޫގެ އަމިއްލަ ޖަމްއިއްޔާއެއްކަމުގައިވާ ޗޭނު ޖަމްއިއްޔާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

މިއަހަރުގެ މިމުބާރާތުގެ  ޗެމްޕިއަންކަން ހޯދާޓީމަކަށް ދިހަހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނަޓީމަކަށް ދިނުމަށް ހަމަޖެހިފައިވަނީ ފަސްހާސްރުފިޔާއެވެ.

މިމުބާރާތް ކުރިއަށް ގެންދާ މިދުވަސްވަރު ކޮވިޑަށް ޕޮޒިޓިވްވާ މީހުން  ހުޅުދޫއާއި މީދުން އަދި އައްޑުއަތޮޅާއި މުޅިރާއްޖެއިން ވަރަށް ބޮޑަށް އިތުރުވެފައިވާތީ މުބާރާތުގެ މެޗްތައް ކުރިއަށް ގެންދާއިރު ކުޅިބަލާ މީހުންނަށް ދަނޑުގެ ކައިރިއަށް ނުދެވޭގޮތައް ދަނޑުގެ ސަރަހައްދުވަނީ ބަންދުކުރެވިފައެވެ. އެއީ މިމުބާރާތުގެ މެޗްތައް މިދުވަސްވަރު ކުރިއަށް ގެންދަން ކަމާ ބެހޭ ފަރާތްތަކުން ހުއްދަދީފައި އުސޫލާއި އެއްގޮތައް ކަންތައްތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޗައިނާއިން އިތުރު ވެކްސިންގެ ޑޯޒް ރާއްޖެއަށް ހަދިޔާކުރަނީ

ޗައިނާއިން ރާއްޖެ އަށް އިތުރު ކޮވިޑް ވެކްސިން ހަދިޔާކުރަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެ އެވެ. ...

ދެން ފުވައްމުލައް ސިޓީ ބަނދަރު ސަރަހައްދަށް ވަދެވޭނީ ހުއްދަ ލިބޭ ފަރާތްތަކަށް އެކަނި

ކޮވިޑް 19އިން ރައްކާތެރިވުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފުވައްމުލައް ސިޓީގެ ބަދަރު ސަރަހައްދަށް ވަދެވޭނީ ހަމައެކަނި ހުއްދަ ލިބޭ ...

ހުޅުދޫއާއި ފޭދޫ ހިމެނޭގޮތައް 25 ރަށެއްގެ ފުޓްބޯޅަ ދަނޑު ތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން ހަވާލުކޮށްފި

އައްޑޫސިޓީ ހުޅުދޫއާއި ފޭދޫ ހިމެނޭގޮތައް އަތޮޅުތެރޭގެ އެކި ރަށްރަށުގައި ސަރުކާރުން ތަރައްޤީކޮށްފައިވާ ޓާފް ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން 25 ...