އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް، މަޤާމުގެ ހުވާކުރެއްވުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތު މިއަދު ހަވީރު އޮންނާނެއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ބާއްވާ މި ރަސްމިއްޔާތު ފަށާނީ ހަވީރު ފަހެއް ޖަހާއިރުއެވެ.

މި ރަސްމިއްޔާތުގައި ދެބޭފުޅުން މަޤާމުގެ ހުވާކުރެއްވުމަށްފަހު އިޤުރާރުގައި ސޮއިކުރެއްވާނެއެވެ. އިންތިޚާބީ ރައީސް މަޤާމުގެ ހުވާކުރެއްވުމުން، އެމްއެންޑީއެފުން އެމަނިކުފާނަށް 21 ބަޑީގެ ސަލާމެއް އަރުވާނެއެވެ. އަދި މަޤާމުގެ ހުވާކުރެއްވުމަށްފަހު އިބްރާހީމް މުޙައްމަދު ޞާލިޙް ޤައުމާ މުހާތަބްކޮށް، ތަޤްރީރުކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުވާކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބޭރުގެ ޤައުމުތަކުގެ ޢިއްޒަތްތެރިންނާއި ބައިނަލްއަޤްވާމީ ޖަމަޢާތްތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު މިއަދުގެ ވަގުތެއްގައި އެމަނިކުފާނުގެ ކެބިނެޓް އިޢުލާންކުރެއްވުންވެސް އޮންނާނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

2023 ގައި ޑިޖިޓަލް އައިޑީ ކާޑު ތައާރަފުކުރަނީ

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރައްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތައާރަފުކުރެވޭނެ ކަމަށް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ...

ކެބް އެމްވީގެ ހިދުމަތް އައްޑޫސިޓީ އަދި ކުޅުދުއްފުއްޓަށް

“ކެބް އެމްވީ” ގެ ޚިދުމަތް އައްޑޫ ސިޓީއަށާއި ކުޅުދުއްފުއްޓަށް ތައާރަފްކޮށްފިއެވެ.  advertisement ކެބް އެމްވީ ޚިދުމަތަކީ “ފަހި ކެބް” ...

ފޮޓޯއިން ޚަބަރު:   އަތޮޅުމަދަރުސާގައި  ފެންބޮޑުވުން

މަތީގައި ފޮޓޯއާއި ތިރީގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވަނީ ރޭ އިން ފެށިގެން މިއަދު ހެނދުނާއި ހަމައަށް  މެދު ނުކެޑި މީދޫއާއި ...