ގަންބުރި ޗެލެންޖް 2018- ޗެމްޕިއަންކަން ހޯދީ ޓޫބްރަދާސް

ގަންބުރި ޗެލެންޖް 2018 ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ފަރުހާދު ކާމިޔާބުކޮށްދިން ދެ ލަނޑުން ޕޮލިސްޓީމު ބަލިކޮށް ޓޫބްރަދާސް  މިމުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މީދޫ ފުޓްބޯޅަ ދަނޑުގައި މިމަހުގެ 28 ވަނަ ދުވަހު ކުޅެވުނު ފައިނަލް މެޗުގެ ފުރަތަމަ ހާފްގައި ޕޮލިސްޓީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންގޮސްފައިވާއިރު  ފުރަތަމަ ހާފް ނިމުމުގެ ކުރީން ޓޫބްރަދާސްއިންވަނީ 2 ލަނޑު ޖަހާ ކުރިހޯދާފައެވެ. ޓޫ ބްރަދާސްގެ މިދެލަނޑުވެސް ކާމިޔާބުކޮށްދިނީ ފަރުހާދެވެ.

ފުރަތަމަހާފާއި ޚިލާފަށް ދެވަނަ ހާފްގައި ޕޮލިސްޓީމުން ކުޅުން ރަގަޅުކޮށް ލަނޑު ތަކެއް ޖެހޭތޯ އެޓީމުގެެ ކުޅުންތެރީން މަސައްކަތް ކުރަމުން ގޮސްފައިވެއެވެ. މިގޮތުން ޕޮލިސްޓީމުން މިމެޗްގައި ކާމިޔާބުކުރި ހަމަ އެކަނި ލަނޑު ކާމިޔާބުކުރެވިފައިވަނީ ދެވަނަ ހާފްގެ ކުޅުމުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ރައްޕީއެވެ.

ރެފްރީންގެ ނިންމުންތަކާއި މެދު ވަރަށްބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރަމުންދިޔަ ޕޮލިސްޓީމުގެ ކުޅުންތެރީންނަށް މިމެޗްގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައިރުވެސް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި މެޗް ނިމިގެންގޮސްފައިވަނީ 2 ލަނޑު 1 ލަނޑުން ޓޫ ބްރަދާސް މޮޅުވެގެންނެވެ.

ފައިނަލްމެޗްގެ ކުޅުން ނިމުމުން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މި މެޗުގައި ޓޫބްރަދާސްއަށް 2 ގޯލު ކާމިޔާބުކޮށްދިން ފަރުހާދެވެ.

މިމުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ޕޮލިސްޓީމުގެ ޝިފާޒު ، ޓޫބްރަދާސްގެ ފަރުހާދު ، ގައިސު އަދި މައުޝޫގުގެ އިތުރަށް ގައުމު ޖޫނިއާސްގެ ސަހާފްއެވެ.

މިމުބާރާތުގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކަށް ގައުމު ޖޫނިއާސްގެ ރަޔަން ހޮވިފައިވާއިރު މިމުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ ގައުމު ޖޫނިއާސްގެ ޓެރީއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޭޝިއަން ބޮޑީބިލްޑިން މުބާރާތް: ރާއްޖޭގެ އަޒްނީނަށް ރަން މެޑެލް

ރާއްޖޭގައި މިހާރު ކުރިއަށްދާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ އަޒްނީން ރަޝާދު ...

ބަދަހިކަޕް : ޕޮލިސްޓީމު ކުޅުނު ފުރަތަމަމެޗް ތަފާތު ބޮޑު ނަޖީއަކުން ކާމިޔާބުކޮށްފި

” ބަދަހިކަޕް ”  ނެޓްބޯޅަ މުބާރާތުގައި ޕޮލިސްޓީމް ކުޅުނު ފުރަތަމަމެޗް  ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ. ޕޮލިސް މިމެޗް ...

މައިލޯ ސިޓީ ބަލިކޮށް މިނިވަން ކަޕްގެ  ޗެމްޕިއަންކަން ކްލަބް ލޮތާރިއަށް – މޮޅު ކުޅުންތެރިޔާއަށް ހާޒިމް ފަހުމީ

“މިނިވަން ކަޕް ޔޫތު ޗެލެންޖް 2022”  ފުޓްސަލް މުބާރާތުގެގެ ޗެމްޕިއަންކަން ޕެނަލްޓީގައި ހިތަދޫ މައިލޯ ސިޓީ ބަލިކޮށް  މީދޫ ...