މިއަދުވެސް ޝަމްސުއްދީން ސްކޫލްގެ ޓީމު ބޮޑުތަފާތަކުން ބަލިވެއްޖެ

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މިއަދު މެންދުރު  ކުޅެވުނު 14 އަހަރުން ދަށުގެމެޗް ޝަރަފުއްދީން ސްކޫލް ކާމިޔާބުކޮށްފިއެވެ.

ހިތަދޫ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗް ޝަރަފުއްދީން ސްކޫލް ކާމިޔާބުކޮށްފައިވަނީ ޝަމްސުއްދީން ސްކޫލްގެޓީމާ ވާދަކޮށް 6 ލަނޑު 0 ލަނޑުންނެވެ.

ޝަރަފުއްދީން ސްކޫލްގެ ފުރަތަމަ ލަނޑު 7 ވަނަ މިނިޓްގައި ޒާދު މުހައްމަދު ޚާލިދު ކާމިޔާބުކޮށްދީފައިވަނިކޮށް އެޓީމުގެ ދެވަނަ ލަނޑު 8 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އިބްރާހިމް އާލަމް ނަސީމެވެ. ޝަރަފުއްދީން ސްކޫލްގެ ތިންވަ ލަނޑު 29 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ހަސަން ޖައިޝަމެވެ.

ޝަރަފުއްދީން ސްކޫލްގެ ޓީމުގެ 4 ވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީވެސް އެޓީމުގެ 3 ވަނަ ލަނޑު ކާމިޔާބުކޮށްދިން ހަސަން ޖައިޝަމެވެ. އެޓީމުގެ ފަސްވަނަ ލަނޑު މެޗްގެ 38 ވަނަ މިނިޓްގައި އަހުމަދު މައިޝަން ޝާނީޒް ކާމިޔާބުކޮށްދީފައިވާއިރު  އެޓީމުގެ 6 ވަނަ ލަނޑު 58 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އިބްރާހިމް އައިހަމް ވައްހާބެވެ.

މިމެޗުން ދެރަވި ޝަމްސުއްދީން ސްކޫލްގެ ޓީމު މީގެ ކުރީން މިމުބާރަތުގައި ކުޅުނުމެޗުންވެސް ބަލިވެފައިވަނީ 6 ލަނޑު 0 ލަނޑުންނެވެ.

މިމުބާރާތުގައި މިއަދު ހަވީރު ކުޅެވުނު 14 އަހަރުން ދަށުގެ އުމުރުފުރައިގެ 2 ވަނަ މެޗްގައި މަރަދޫ ސްކޫލާއި ފޭދޫ ސްކޫލް ބައްދަލުކުރިމެޗް ނިމިފައިވަނީ 2 ލަނޑު 2 ލަނޑުން އެއްވަރުވެގެންނެވެ.

މިމެޗްގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ފޭދޫ ސްކޫލްގެ ޓީމެވެ. ފޭދޫ ސްކޫލްގެ މިލަނޑު މެޗްގެ 2 ވަނަ މިނިޓްގައި އަލީ ދަސޫފް ޝިޔާމް ކާމިޔާބުކޮށްދީފައިވަނިކޮށް މެޗްގެ 13 ވަނަ މިނިޓްގައި މަރަދޫ ސްކޫލްގެ ޓީމުން ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މުހައްމަދު ތަމާން ޝާހިދު ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މިމެޗްގައި މަރަދޫ ސްކޫލް ޓީމުގެ މުހައްމަދު ސިމްދު ސަމީއު 33 ވަނަ މިނިޓްގައި އެޓީމުގެ 2 ވަނަ ލަނޑު ކާމިޔާބުކޮށް މަރަދޫސްކޫލް ޓީމަށް މެޗްގެ ލީޑު ހޯދާދީފައިވަނިކޮށް ފޭދޫ ސްކޫލްގެ މުހައްމަދު އާއިޝް ޝަރީރުވަނީ 43 ވަނަ މިނިޓްގައި ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ 2-2 އަށް ބަދަލުކޮށްދީފައެވެ. އަދި މެޗް ނިމިގެން ދިޔައީވެސް ދެޓީމް 2 ލަނޑު 2 ލަނޑުން އެއްވަރުވެގެންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަހުހާފްގެ ލަނޑުތަކުން ހުޅުދޫ ސްކޫލްގެ މައްޗަށް މަރަދޫ ސްކޫލް ކުރި ހޯދައިފި

މައިލޯ އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާތާތުގެ 14 އަހަރުން ދަށުގެ އުމުރު ފުރާގައި އިއްޔެ ކުޅެވުނު މެޗްގައި ...

ދެ ޓީމުގެ އަމާޒުވެސް ތައްޓަށް، މިނިވަންކަޕްގެ ފޯރިގަދަ ފައިނަލުގައި މައިލޯއާއި ލޮތާރި

އައްޑޫސިޓީ ހުޅުދޫގައި  ކުރިއަށްގެންދާ “މިނިވަން ކަޕް ޔޫތު ޗެލެންޖް 2022”  ފުޓްސަލް މުބާރާތުގެ ފޯރިގަދަ ފައިނަލުގައި ހިތަދޫ މައިލޯ ...

މިނިވަންކަޕް ފުޓްސަލް މުބާރާތް 2019: ގްރޫޕް އޭގެ 1 ވަނަޓީމްގެ ގޮތުގައި ރިސޯޓްބޯއިސް ސެމީފައިނަލަށް

މިނިވަންކަޕް 2019 ގައި ރިސޯޓް ބޯއިސް އާއި ޕޮލިސް ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށް ގްރޫޕް އޭގެ ...