ޔޫއޭފާ ނޭޝަންސް ލީގުގައި މިމަހުގެ 16 ވަނަ ދުވަހު ފްރާންސްއަތުން 2 ލަނޑު 1 ލަނޑުން ބަލިވެ ޖަރުމަން މިމުބާރާތުގެ ދެވަނަ ކެޓަގަރީއަށް ރެލިގޭޓް ވެއްޖެވެ.

ޕެނަލްޓީއަކުން މެޗްގެ 14 ވަނަމިނިޓްގައި ޓޯނީކުރޫޒް ލަނޑެއް ކާމިޔާބުކޮށް ޖަރުމަނަށް ލީޑު ހޯދާ ދީފައިވަނިކޮށް ފްރާންސް މިމެޗުން މޮޅުކޮށްދިން ދެލަނޑުވެސް މެޗްގެ ފަހުހާފްގައި ކާމިޔާބުކޮށްދީނީ އެތުލެޓިކޯ މެޑްރިޑްގެ  ގްރިޒްްމަންއެވެ.

ގްރިޒްމަންގެ ފުރަތަމަ ލަނޑު 62 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީފައިވާއިރު 2 ވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ 80 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ.

ޖަރުމަނުއަތުން ފްރާންސް މޮޅުވި މެޗެކީ ފްރާންސް ޖެހިޖެހިގެން ބަލިނުވެ ނިންމާލި 14 ވަނަ މެޗެވެ.

މިމެޗުން ޖަރުމަން ބަލިވުމުން 3 ޓީމު ހިމެނުނު މިގްރޫޕުން ޖަރުމަންގޮސްފައިވަނީ އެންމެ ފުލަށެވެ. ފްރާންސްއަށް މިގްރޫޕުން އެއްވަނަ ލިބުނުއިރު 2 ވަނަ ލިބެނީ ޖަރުމަނަށްވުރެ އެއްމެޗު މަދުން ކުޅެފައިވާ ނެދަލޭންޑްސް އަށެވެ.

މިމެޗުން ފްރާންސް އަތުން ޖަރުމަން ބަލިވި ބަލިވުމަކީ މިއަހަރުގެ ތެރޭގައި ފްރާންސް އަތުން ޖަރުމަން ބަލިވި 2 ވަނަ ފަހަރެވެ. އަދި މިއީ 2000 ވަނަ އަހަރުގެ ފަހުން ވާދަވެރި މެޗްތަކެއްގައި ޖެހިޖެހިގެން 2 މެޗުން ޖަރުމަންބަލިވި  ފުރަތަމަ ފަހަރެވެ.

މިމުބާރާތުގައި ޖަރުމަން ނެދަލެންޑް އަތުން ބަލިވެފައިވަނީ 3 ލަނޑު 0 ލަނޑުންނެވެ.

މިމުބާރާތުގެ ދެވަނަ ކެޓަގަރީއަށް ޖަރުމަން ރެލިގޭޓް ވުމުން ކޯޗް ލޯއަށްވަނީ ވަރަށްބޮޑަށް ޕްރެޝަރު ބޮޑުވެފައެވެ.  އެއީ ވޯލްޑްކަޕްގައިވެސް ފުރަތަމަ ބުރުން ޖަރުމަން ކަޓައިގެންގޮސްފައިވާތީއެވެ.

2006 ވަނަ އަހަރުން ފެށިގެން ޖަރުމަނުގެ ޓީމުގެ ކޯޗެއްގެ ގޮތުން މަސައްކަތް ކުރަމުންދާ ލޯ ވޯލްޑް ކަޕަށްފަހު މަގާމުގައި ބަހައްޓާފައިވަނީ މިމުބާރާތުގައި ރަގަޅު ނަތީޖާއެއް ނެރުމަށް ޝަރުޠުކުރުމަށްފަހުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބާސެލޯނާ ބަލިކޮށް އެތުލެޓިކޯ މެޑްރިޑް ޕޮއިންޓް ޓޭބަލްގެ އެއްވަނައަށް ޖެހިލައިފި

ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާ ބައްދަލުކޮށް ކުޅުނުމެޗު އެތުލެޓިކޯ މެޑްރިޑްކާމިޔާބުކޮށްފިއެވެ. އެތުލެޓިކޯ މެޑްރިޑް ދަނޑުގައި ރޭ ކުޅެވުނު ...

ޗެމްޕިއަންސް ލީގު: އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ ބަލިވެއްޖެ

ބާރަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގް ގްރޫޕް ސްޓޭޖުގައި އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ...

ޖަޕާނުން ޖަރުމަނު ބަލިކޮށް ހައިރާންކަން ގެނުވައިފި، ވޯލްޑްކަޕުގައި ގަދަބާރުތަކަށް ދަށް ފެށުމެއް!

ގަތަރު ވޯލްޑްކަޕް 2022 ގައި މިއަދު އޭޝިއާގެ ގަދަބާރު ޖަޕާނުން ފަހަތުން އަރާ 4 ފަހަރުގެ ޗެމްޕިއަން ޖަރުމަނު ...