ޔޫއޭފާ ނޭޝަންސް ލީގުގައި މިމަހުގެ 16 ވަނަ ދުވަހު ފްރާންސްއަތުން 2 ލަނޑު 1 ލަނޑުން ބަލިވެ ޖަރުމަން މިމުބާރާތުގެ ދެވަނަ ކެޓަގަރީއަށް ރެލިގޭޓް ވެއްޖެވެ.

ޕެނަލްޓީއަކުން މެޗްގެ 14 ވަނަމިނިޓްގައި ޓޯނީކުރޫޒް ލަނޑެއް ކާމިޔާބުކޮށް ޖަރުމަނަށް ލީޑު ހޯދާ ދީފައިވަނިކޮށް ފްރާންސް މިމެޗުން މޮޅުކޮށްދިން ދެލަނޑުވެސް މެޗްގެ ފަހުހާފްގައި ކާމިޔާބުކޮށްދީނީ އެތުލެޓިކޯ މެޑްރިޑްގެ  ގްރިޒްްމަންއެވެ.

ގްރިޒްމަންގެ ފުރަތަމަ ލަނޑު 62 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީފައިވާއިރު 2 ވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ 80 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ.

ޖަރުމަނުއަތުން ފްރާންސް މޮޅުވި މެޗެކީ ފްރާންސް ޖެހިޖެހިގެން ބަލިނުވެ ނިންމާލި 14 ވަނަ މެޗެވެ.

މިމެޗުން ޖަރުމަން ބަލިވުމުން 3 ޓީމު ހިމެނުނު މިގްރޫޕުން ޖަރުމަންގޮސްފައިވަނީ އެންމެ ފުލަށެވެ. ފްރާންސްއަށް މިގްރޫޕުން އެއްވަނަ ލިބުނުއިރު 2 ވަނަ ލިބެނީ ޖަރުމަނަށްވުރެ އެއްމެޗު މަދުން ކުޅެފައިވާ ނެދަލޭންޑްސް އަށެވެ.

މިމެޗުން ފްރާންސް އަތުން ޖަރުމަން ބަލިވި ބަލިވުމަކީ މިއަހަރުގެ ތެރޭގައި ފްރާންސް އަތުން ޖަރުމަން ބަލިވި 2 ވަނަ ފަހަރެވެ. އަދި މިއީ 2000 ވަނަ އަހަރުގެ ފަހުން ވާދަވެރި މެޗްތަކެއްގައި ޖެހިޖެހިގެން 2 މެޗުން ޖަރުމަންބަލިވި  ފުރަތަމަ ފަހަރެވެ.

މިމުބާރާތުގައި ޖަރުމަން ނެދަލެންޑް އަތުން ބަލިވެފައިވަނީ 3 ލަނޑު 0 ލަނޑުންނެވެ.

މިމުބާރާތުގެ ދެވަނަ ކެޓަގަރީއަށް ޖަރުމަން ރެލިގޭޓް ވުމުން ކޯޗް ލޯއަށްވަނީ ވަރަށްބޮޑަށް ޕްރެޝަރު ބޮޑުވެފައެވެ.  އެއީ ވޯލްޑްކަޕްގައިވެސް ފުރަތަމަ ބުރުން ޖަރުމަން ކަޓައިގެންގޮސްފައިވާތީއެވެ.

2006 ވަނަ އަހަރުން ފެށިގެން ޖަރުމަނުގެ ޓީމުގެ ކޯޗެއްގެ ގޮތުން މަސައްކަތް ކުރަމުންދާ ލޯ ވޯލްޑް ކަޕަށްފަހު މަގާމުގައި ބަހައްޓާފައިވަނީ މިމުބާރާތުގައި ރަގަޅު ނަތީޖާއެއް ނެރުމަށް ޝަރުޠުކުރުމަށްފަހުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫރޯ 2020: ކްރޮއޭޝިޔާ ބަލިކޮށް ކްއާޓާފައިނަލުގެ ޖާގައެއް ސްޕެއިނުން ހޯދައިފި

ޔޫރޯ 2020 ގެ ރައުންޑް އޮފް 16 ގައި ކްރޮއޭޝިޔާ ބަލިކުރުމަށްފަހު  ސްޕެއިން އިން ކްއާޓާފައިނަލްގެ ޖާގައެއް ހޯދައިފިއެވެ. ...

ޔޫއެފާ ސުޕަ ކަޕްގެ ޗެމްޕިއަކަން ބަޔާންމިއުނިކް ހޯދައިފި

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ނަތީޖާ އެއްވަރުވެފައި އޮތުމުގެ ސަބަބުން ކުޅުނު އިތުރު ގަޑީގެ 4 ވަނަ މިނިޓްގައި ...

ރާއްޖޭގައި ފޭސްބުކް މެދުވެރިކޮށް ލަލީގާ ބެލޭނެ ގޮތް ހަދައިފި

ދެކުނު އޭޝިއާގެ ގައުމުތަކަށް ސްޕެނިޝް ލަލީގާގެ މެޗުތައް ދެއްކުމުގެ ރައިޓްސް ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ނެޓްވޯކް ...