ޔުއެފާ ވިމެންސް ޔޫރޯ 2022 ގެ ސެމީ ފައިނަލުގައި ފްރާންސް ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ޖަރުމަނުން ހޯދައިފިއެވެ.

ބުދަ ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލް މެޗު ޖަރުމަނުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މޮޅާއެކު ޖަރުމަނުން ފައިނަލުގެ ޖާގައެއް ހޯދިއިރު، އެ ޓީމަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެގޮތުން މިހާތަނަށް އަށް ފަހަރު ޖަރުމަނުން ވަނީ ވިމެންސް ޔޫރޯ ކާމިޔާބުކޮށްފައެވެ.

ބުދަ ދުވަހުގެރޭ ކުޅުނު ސެމީގެ މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ޖަރުމަނުންނެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ވޮލީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލެކްސަންޑްރާ ޕޮޕްއެވެ. އެކަމަކު ޖަރުމަނަށް ލީޑު ހިފަހައްޓައިލެވުނީ އެންމެ ހަތަރު މިނެޓަށެވެ. މި ލަނޑަކީ ޖަރުމަނުގެ ގޯލްކީޕަރު މާލް ފްރޯމްސް ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗުން ޖަރުމަން މޮޅުކޮށްދިން ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ޕޮޕްއެވެ. މި މެޗުގައި ޖެހި ދެ ލަނޑާ އެކު ޕޮޕް ވަނީ މުބާރާތުގެ ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތް އިންގްލަންޑުގެ ބާތު މީޑާ އެއްވަރުކޮށްފައެވެ.

އެހެންކަމުން މި މުބާރާތުގެ ފައިނަލުގައި އަންނަ އާދީއްތަ ދުވަހުގެރޭ ޖަރުމަނާއި އިންގްލަންޑް ބައްދަލުކުރާއިރު، އެ މެޗުގައި ރަން ބޫޓުގެ ވާދަވެރިކަންވެސް ފެނިގެންދާނެއެވެ. މީގެ އިތުރުން މި އަހަރުގެ ފައިނަލުގައި ޖަރުމަނާއި އިންގްލަންޑް ބައްދަލުކުރާއިރު، 2009 ވަނަ އަހަރު ފިންލަންޑުގައި ބޭއްވި މުބާރާތުގެ ފައިނަލުގައި ޖަރުމަނުން ވަނީ 6-2 ގެ ނަތީޖާއަކުން އިންގްލަންޑް ބަލިކޮށްފައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕެނަލްޓީ  ޖަހައިގެން ހުޅުދޫ އެފްސީ ބަލިކޮށް އެސްކޭޕީ ޔުނައިޓެޑް ފައިނަލަށް

ޕެނަލްޓީ ޝޫޓްއައުޓްގައި އިސްމާއީލް އަލަފް ކާމިޔާބުކުރި ޕެނަލްޓީން ވަރުގަދަ ހުޅުދޫ އެފްސީ ބަލިކޮށް ހިތަދޫ އެސްކޭޕީ ޔުނައިޓެޑް ހުޅުދޫ ...

ގައުމު ސްޓްރީޓް ކަޕް : ގިނަ ބައެއްގެ ފޭވަރިޓް އެއްޓީމުގެ ގޮތުގައި ބެލެވުނު ހަބޭސް ބަލިކޮށް ހިތަދޫ ރިވެރިން ފައިނަލަށް

މިރޭ ކުޅެވުނު ގައުމު ސްޓްރީޓް ކަޕްގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ފޭދޫގެ ހަބޭސް ބަލިކޮށް  ހިތަދޫ  ކްލަބް ...

ކުޅުދުއްފުށީ ޓާފް ދަނޑުހުޅުވުގެ މެޗަށް ގައުމީ ޓީމް ކުޅުދުއްފުއްޓަށް

ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ކުޅެވޭ ފުޓްބޯޅަ މެޗްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި، ...