ލިވަޕޫލްއާއި ކުޅެން އެއްވެސް ވަރަކަށް ޖެހިލުން ނުވާކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ. ސިޓީގެ ކޯޗް ގާޑިއޯލާ މިހެން ބުނީ އިގިރޭސި ޕްރިމިއާލީގުގެ އެންމެ ކުރީގައިވާ ލިވަޕޫލްއާއި މެންޗެސްޓަރ ސިޓީ މިމަހުގެ 7 ވަނަ ދުވަހު  ކުޅެން ހަމަޖެހިފައިވަނިކޮށެވެ.

މިދެޓީމް ލިވަޕޫލްގެ ދަނޑުގައިކުޅޭ މެޗާއިބެހޭގޮތުން ގާޑިއޯލާބުނީ މިފަހަރު ލިވަޕޫލް ވަރަށް ވަރުގަދަކަމަށާ އަމިއްލަ ދަނޑުގައި ލިވަޕޫލް ވަރަށް މޮޅަށް ކުޅޭކަމަށެވެ. އަދި މިފަހަރު ލިވަޕޫލްއަތުން ސިޓީ ބަލިވެއްޖެނަމަ އެމީހުން މޮޅުކަމަށް ގަބޫލް ކުރާނެކަމަށްވެސް ގާޑިއޯލާ ބުންޏެވެ.  އަދި މީގެ އިތުރަށް ގާޑިއޯލާބުނީ ސިޓީ ލިވަޕޫލްގެ ދަނޑުގައި މޮޅުނުވާތާ ވަރަށްގިނަ ދުވަސް ވެއްޖެކަމަށެވެ.

އޭނާބުނީ އެންމެ ފަހުގެ އިގިރޭސި ލީގުގެ ޗެމްޕިއަންކަންހޯދި އޭނާގެ ޓީމާމެދު ވަރަށްބޮޑު އިތުބާރެއް އެބައޮތްކަމަށާ ކުޅުންތެރީންގެ ފަރާތުން އޭނާ އުއްމީދުކުރާ ކަންކަން ގިނަމަށެވެ.

ލީގު ޓޭބަލްގައި މިދެޓީމަށްވެސް ލިބިފައިވަނީ 19 ޕޮއިންޓެވެ. ނަމަވެސް ގޯލްގެ ތަފާތުން އެއްވަނަލިބެނީ ސިޓީއަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫރޯ 2020 : ސްޕެއިން އާއި ސްވިޑަންގެ ކުރިމަތިލުން އެއްވަރު

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން ކުޅުނު ފުރަތަމަމެޗް އެއްވަރުވެގެން ނިމިއްޖެވެ.    ސްޕެއިން ހިމެނޭ ގްރޫޕް އީގައި ހިމެނޭ ...

ޔޫރޯ 2020 : ހަންގޭރީއާ އެއްވަރުވެ ޖަރުމަނު ގަދަ 16 އަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ހަންގޭރީއާ އެއްވަރުވެ ގްރޫޕް އެފްގެ ދެވަނަ ޓީމަކަށް ހޮވި ޖަރުމަނު ގަދަ 16 ...

ޔޫރޯގައި ވާދަކުރާ ސްޕެއިންޓީމުގެ ކެޕްޓަން ސާޖިއޯ ބުސްކެޓް ކޮވިޑް 19 އަށް ޕޮޒިޓިވް ވެ ސްޕެއިން ޓީމް އައިސޮލޭޝަނަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ސްޕެއިން ޓީމުގެ ކެޕްޓަން ސާޖިއޯ ބުސްކެޓް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެބުސްކެޓްސް ކޮވިޑް 19 ...