advertisement

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން ކުޅުނު ފުރަތަމަމެޗް އެއްވަރުވެގެން ނިމިއްޖެވެ.   

ސްޕެއިން ހިމެނޭ ގްރޫޕް އީގައި ހިމެނޭ ސްވިޑަން އާއި ބައްދަލުކޮށް ސްޕެއިން ރޭ ކުޅުނު މިމެޗް އެއްވަރުވެފައިވަނީ ސުމެއް ސުމަކުންނެވެ.  

ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން މި މެޗުގައި ސްޕެއިނުން މެޗްގެ 85 އިންސައްތަ ބޯލް ޕޮޒިޝަން ހިއްސާކުރިއިރު ފުރަތަމަ ހާފުގައި ސްޕެއިންނުން ވަނީ ޖުމްލަ 419 ޕާސް ޖަހާފައެވެ. މިއީ ޔޫރޯގެ މެޗެއްގެ ހާފެއްގައި، އެއް ޓީމަކުން އެންމެ ގިނަ ޕާސް ޖެހި ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް، ގިނައިރު ބޯޅަ ގެންގުޅެ، ގިނަ ޕާސްތަކެއް ސްޕެއިންޓީމުން  ޖެހިނަމަވެސް ފުރަތަމަ ހާފުގައިވެސް  އެޓީމަށް ލަނޑެއް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ.

މިމެޗްގެ ފުރަތަމަ ހާފްގެ ކުޅުމަށް ބަލާއިރުވެސް  ފުރަތަމަ ހާފުގައި 15 ވަނަ މިނެޓުގައި އެ ޓީމް ގެ އޮލްމޯ ސްވިޑަންގެ އޭރިއާތެރޭ ހުސްކޮށްހުރެ ބޮލުން ފޮނުވާލި ބޯޅަ ސްވިޑަންގެ ކީޕަރުވަނީ ދިފާއު ކޮށްފައެވެ. މީގެ އިތުރަށް ސްޕޭންގެ  ކޮކޭއަށް ލިބުނު ދެފުރުސަތެއްގައި އޭނާ ފޮނުވާލި ދެބޯޅަ ގޮސްފައިވަނީ ގޯލާއި އަމާޒުނުވެ ބޭރަށެވެ.

މިމެޗްގައި ސްޕެއިންއަށް ފުރަތަމަ ހާފުގައި ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައިވަނީ މޮރާޓާއަށެވެ. މޮރާޓާއަށް ލިބުނު ހުސްފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ގޮސްފައިވަނީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

މިމެޗްގެ ފުރަތަމަ ހާފުގެ ނިމެން ކައިރިވެފައިވަނިކޮށް  ސްވިޑަންއަށް ވެސް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިފައެވެ. ސްވިޑަންއަށް ލިބުނު މިފުރުސަތުގައި އެލެކްސްސެންޑާ ފޮނުވާލި ބޯޅަ ސްޕެއިންގެ ގޯލު ކީޕަރުގައިން ނެއްޓި ގޯލަށް ވަންނަން ދަނިކޮށް ދިފާއުކޮށްފައިވަނީ ސްޕެއިންގެ ޑިފެންޑަރ ލޮރެންޓޭއެވެ. ލޮރެންޓޭ ދިފާއުކޮށް ފޮނުވާލި ބޯޅަ ބޭރަށް ގޮސްފައިވަނީ ލޮރެންޓޭ ފައިގަ ޖެހި  ގޯލުގެ ދަނޑީގައި ވެސް ޖެހިފައެވެ.

މިމެޗުގެ ދެވަނަ ހާފުގައި މޮރާޓާ ބޭލިއިރު، ސްޕެއިންގެ ސަޕޯޓަރުންގެ  ނުރުހުން އޭނާ އަށް ވަރަށް ބޮޑަށް  އަމާޒުވިކަން ފާހަގަކޮށްލަންޖެހެއެވެ.  

ދެވަނަ ހާފުގައިވެސް ސްޕެއިނުން ވަނީ މިމެޗްގައި މޮޅަށްކުޅެ ސްވިޑަންގެ ގޯލަށް ބާރު ބޮޑު ކޮށްފައެވެ. މިގޮތުން އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައިވަނީ ގެރާޑް މޮރޭނޯއަށެވެ. ސަރާބިއާ ހުރަސްކޮށްދިން ބޯޅަ މޮރޭނޯ ހުސްކޮށްހުރެ ބޮލުން ފޮނުވާލި ނަމަވެސް މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ސްވިޑަންގެ ކީޕަރު އެ ހަމަލާ ވަނީ ދިފާއުކޮށްފައެވެ.

މި މެޗުން ސްޕެއިން އެއްވަރުވުމުން އޭގެ ފައިދާނަގައި ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ ޕޮލެންޑް އަތުން ތިން ޕޮއިންޓް ހޯދި ސްލޮވާކިއާއެވެ. ދެވަނާގައި ސްޕެއިން ތިންވަނާގައި ސްވިޑަން އޮތީ އެއް ޕޮއިންޓް ހޯދައިގެންނެވެ. ޓޭބަލްގެ ފުލުގައި މިވަގުތު އޮތީ ޕޮލެންޑެވެ.

މި މުބާރާތުގެ ދެ މެޗު  މިރޭ ވެސް އޮންނާނެއެވެ. ފުރަތަމަ މެޗުގައި 21:00 ގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އާއި ހަންގޭރީއެވެ. ދަންވަރު 0000 ގައި އޮންނަ މެޗުގައި ބައްދަލުކުރާނީ ޖަރުމަނާއި ފްރާންސްއެވެ. މިއީ ގްރޫޕް އޮފް ޑެތުގެ ގޮތުގައި މައްޝްޙޫރު ވެފައިވާ ގްރޫޕް އެފްގެ ދެ މެޗެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކެނެރީފް ރިސޯޓު: ޑިސެމްބަރު މަހު އަލުން ހުޅުވަނީ

އައްޑޫ ސިޓީގައި ހިންގަމުން އަންނަ ކެނެރީފް ރިސޯޓު އަލުން އަންނަ ޑިސެމްބަރު މަހު ހުޅުވަން ތައްޔާރުވާން ފަށައިފިއެވެ. އައްޑޫ ...

ބީއެމްއެލް މަނަދޫ ބްރާންޗްގެ ފުރާޅުން ބޮޑުބައެއް ވަޔާ އެއްލައިލައިފި

މިއަދު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި ބާރުވަޔާއެކު އައި ކޮޅިގަނޑެއްގައި ނ.މަނަދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް މަނަދޫ ...

މަރަދޫ ފަތާ ޓްރެކް އޮންނަ ސަރަހައްދަށް ވަރަށްބޮޑަށް އުދައަރައިފި – ކުރިއަށް އޮތް 3 ދުވަހު ވެސް އުދަ އެރުމުގެ ފުރުސަތު ބޮޑު: މެޓް

ކުރިއަށް އޮތް 3 ދުވަހު ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން (މެޓް) ...