ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އިންޑިޔާގެ ކެރެލާ ސްޓޭޓުން ތިން ދިވެހިން ހައްޔަރުކޮށްފިއެވެ.

މި ތިން މީހުން ހައްޔަރުކޮށްފައިވަނީ 17 ކިލޯގެ މަސްތުވާތަކެތި (ހެޝިޝް އޮއިލް)އާއި އެކު ކަމަށް ދި ނިއު އިންޑިއަން އެކްޕްރެސް ނޫހޫން ވަނީ ހާމަކޮށްފައެވެ. މި ތަކެތީގެ އަގު 5 ކްރޯރް ރުޕީސް (11 މިލިއަން ރުފިޔާ)އަށް އަރާކަމަށްވެސް ދި ނިއު އިންޑިއަން އެކްޕްރެސްގައި ހާމަކޮށްފައިވެއެވެ.

އެނޫހުން ރިޕޯޓުކޮށްފައިވާގޮތުގައި އިއްޔެ ހައްޔަރުކުރި ތިން މީހުންނަކީ، ޝަނީޒް މަހީރް (27އ) އާއި އައިމަން އަހުމަދު (24އ) އަދި އިބްރާޙިމް ފައުޒެން ސާލިހް (29އ)އެވެ.

މީގެ ތެރެއިން ޝަނީޒް އަކީ މަސްތުވާތަކެތި ޓްރެފިކިންގ މައްސަލާގައި ދުނިޔޭގެ ކަމާ ބެހޭ އިދާރާތަކުން ހޯދަމުންދާ މީހެއްކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ. އަދި އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރީ ރާއްޖޭގައި ހިންގާ މީހުންގެ ތެރެއިން އެންމެ ބޮޑު އެކަކުކަމަށްވެސް އެނޫހުގައިވެއެވެ.

ކެރެލާ ފުލުހުންގެ ނާކޮޓިކްސް ސްޕެޝިއަލް އެކްޝަން ފޯރސްގެ އޮފިސަރެއްކަމަށްވާ އައި.ޖީ.ޕީ ވިޖަޔަންއާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވާގޮތުގައި މި މީހުން އަތުލައިގަނެފައިވަނީ އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ އެހީއާއެކުއެވެ.

މިތިން މީހުން ކެރެލާގައި ތިބި އިރު ފުލުހުން އެމީހުންނަށް ފާރަލަމުންދިޔަ ކަމަށާއި، އެގޮތުން ޗާލާ ބާޒާރުން އެމީހުން 32 ޕެކެޓު ވެޖިޓަބަލް އޮއިލް ގަތްކަމަށް އެ ސިޓީގެ ފުލުހުންގެ ކޮމިޝަނަރ ޕީ. ޕްރަކާޝް ވަނީ ބުނެފައެވެ. މި މީހުންގެ މަޤުސަދަކަށްވެފައިވަނީ އެ ޕެކެޓުތައް ހުސްކުރުމަށްފަހު އެޔަށް މަސްތުވާތަކެތި އެޅުމަށްފަހު  ވައިގެ މަގުން ރާއްޖެއަށް އެތަކެތި އެތެރެކުރަންކަމަށް ދި ނިއު އިންޑިއަން އެކްސްޕްރެސްއަށް ދިން ބަސްދީ ގަތުމެއްގައި ޕްރަކާޝް ބުނެފައިވެއެވެ.

އިންޑިއާ އިން ފަހަކަށް އައިސް އަތުލައިގަންނަ މަސްތުވާތަކެތީގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ. އެގޮތުން މިދިޔަ މަހުވެސް ރާއްޖެއަށް އެތެރެކުރަން އުޅުނު 10 ކިލޯއެއްވެސް ހިމެނޭކަމަށް އިންޑިޔާގެ ކެރެލާ ފުލުހުން ބުނެއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަމިއްލަ ގޮތުން މަޖިލިހަށް ވާދަކުރައްވާ އައްދުގެ ކެމްޕެއިން ނިންމާލުމަށް އައްދުގެ ކެމްޕެއިން އޮފީހުގައި ބޭއްވުނު ހަވީރު ސައި (20 އެޕްރީލް 2024)

އަމިއްލަ ގޮތުން މަޖިލިހަށް ވާދަކުރައްވާ އައްދުގެ ކެމްޕެއިން ނިންމާލުމަށް އައްދުގެ ސަޕޯޓަރުންނަށް ހަވީރުގެ ސައި ދެއްވައިފިއެވެ. (20 އެޕްރީލް ...

ކުރިއަށް އޮތް 48 ގަޑިއިރުގެތެރޭގައި ރާއްޖެ އަށް މޫސުން ގޯސްވާނެ

ރާއްޖޭގެ އިރުން، ސްރީލަންކާގެ ދެކުނުގެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑެއް މަޑުމަޑުން ހުޅަނގަށް ޖެހެމުންދާކަމަށް ލަފާކުރެވޭ ކަމުގައި ރާއްޖޭގެ މޫސުމާއި ...

އިތުރު 10 މީހުން ކޮވިޑަށް ޕޮޒިޓިވްވެ ، ރާއޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 551 އަށް

އިއްޔެ ރާއްޖެއިން އިތުރު 10 މީހުން ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާކަން އެޗްޕީއޭ އިން ހާމަކޮށްފިއެވެ. އިއްޔެ ޕޮޒިޓިވްވެފައިވަނީ ...