ކުރިއަށް އޮތް 48 ގަޑިއިރުގެތެރޭގައި ރާއްޖެ އަށް މޫސުން ގޯސްވާނެ

ރާއްޖޭގެ އިރުން، ސްރީލަންކާގެ ދެކުނުގެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑެއް މަޑުމަޑުން ހުޅަނގަށް ޖެހެމުންދާކަމަށް ލަފާކުރެވޭ ކަމުގައި ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާ އިން މިއަދު ނެރުއްވި ބަޔާނެއްގައި ހާމަކުރައްވާފައިވާގޮތުން ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފައިވެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ބޯކޮށް ވާރޭ ވެހި ގުގުރާ އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާއްމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ފަތުރުވެރިކަން ދެމެހެއްޓުމަށް އެއަރޕޯޓާއެކު ޓޫރިސްޓް ބެޑް އޮޕަރޭޝަނަށް ގެންނަންޖެހޭ: ޒަމީރު

އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެއަރޕޯޓު މަޝްރޫޢާއެކު އެސިޓީގައި ފަތުރުވެރިކަމަށް އިތުރު އެނދު ނެރެންޖެހޭކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ މޫސާ ...

ފެނަކަވެސް ގައުމީ ޓީމާއެކު

މިމަހު 1 ގައި ފަށައިގެން 16 ގެ ނިޔަލަށް ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ...

ޒައިދު، އާޒިމަށް: ކަޅު ދަބަހުގަ ދިޔާ އެއްޗެހި އުފުލާ ބޭފުޅަކު ޑރ.އިޔާޟާމެދު ދެކޭ ގޮތް މުހިންމެއްނޫން

ކަޅު ދަބަހުގައި ”ދިޔާ އެއްޗެހި“ އުފުއްލަވާ ބޭފުޅަކު ޑރ.މުޙައްމަދު އިޔާޟާމެދު ދެކޭ ގޮތް މުހިންމެއްނޫންކަމަށް އައްޝައިޚް ޢަލީ ޒައިދު ...