ވޯލްޑްކަޕް ނުފެންނާނެ ޙާލަތެއް މެދުވެރި ނުކުރުމަށް ކޭބަލް އޮޕަރޭޓަރުންނަށް އިލްތިމާސްކޮށްފި

ދިވެހި އެއްވެސް ރައްޔިތަކަށް ވޯލްޑްކަޕް ނުފެންނާނެ ޙާލަތެއް މެދުވެރި ނުކުރުމަށް ރާއްޖޭގެ ކޭބަލް ޓީވީ އޮޕަރޭޓަރުންނަށް، ރާއްޖޭގައި ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް ލިބިފައިވާ ހަމައެކަނި ފަރާތް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން އިލްތިމާސްކޮށްފިއެވެ.

ޕީއެސްއެމްއިން މިއަދު ނެރުނު ޢިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ރައްޔިތުންނަށް ވޯލްޑްކަޕް ފެންނާނެ ގޮތް ހެދުމަށް އެ ކުންފުނިން ހުރިހާ ކޭބަލްޓީވީ އޮޕަރޭޓަރުންނަށް ވޯލްޑްކަޕް ދެއްކުމަށް ބޭނުންވާ ރިސީވަރ އެއްވެސް އަގަކާނުލައި ދޫކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ޕީއެސްއެމްގެ ހުއްދަނެތި ދިވެހިރާއްޖޭގެ ސަރަޙައްދެއްގައި އެއްވެސް ވަޞީލަތެއް ބޭނުންކޮށްގެން އެއްވެސް ފަރާތަކުން ވޯލްޑްކަޕްގެ މެޗުތައް ބްރޯޑްކާސްޓްރުމާއި ރީބްރޯޑްކާސްޓް ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

“އަދި ދަންނަވަމެވެ. ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހައި ޑެފިނިޝަން ކޮލިޓީގައި ވޯލްޑްކަޕް ފެންނާނެގޮތް މި ކުންފުނިން ވަނީ އިންތިޒާމްކޮށްފައެވެ. މިގޮތުން ޓެލެވިޜަން މޯލްޑިވްސްއާ ޔޭސްޓީވީއިން ވޯލްޑްކަޕްގެ މެޗުތައް ފެންނާނެއެވެ.” ޕީއެސްއެމްއިން ނެރުނު ޢިއުލާނުގައިއެވެ.

މީގެ އިތުރުން ޕީއެސްއެމްއިން ބުނީ ވޯލްޑްކަޕް ދެއްކުމަށް އެ ކުންފުންޏަށް ލިބިފައިވާ ޙައްޤުތަކަށް އުނިކަން އަންނާނެ ގޮތަށް އެއްވެސް ފަރާތަކުން ޢަމަލުކޮށްފިނަމަ، އެފަރާތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޭންގެ ޕެނަލްޓީ ނާކާމިޔާބުވެ އިންގްލެންޑް ކަޓައިފި- ޗެމްޕިއަން ފްރާންސް ސެމީއަށް

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އިންގްލެންޑް އަތުން 2-1 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ...

ފޮޓޯ : ބެލެނިވެރީންނާއި ޓީޗަރުންގެ ނެޓްބޯޅަ މުބާރާތް

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މުދައްރިސުންގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުންނާއި 2020 ވަނައަހަރު ހުޅުދޫ ސްކޫލާއި ...

ބަދަހިކަޕް ނެޓްބޯޅަ މުބާރާތް: ޗެމްޕިއަން އެޗް.އެމް.ޕީ.އާރް.ސީ – އެންމެ މޮޅު ކުޅުންތެރިއަކަށް ރަބާބު

މީދޫ އެކުވެރިންގެ ޗޭނުން އިންތިޒާމުކޮށްގެން މީދޫގައި ބޭއްވި ” އެމްއީސީ ބަދަހިކަޕް ” ނެޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން  ހުޅުމީދޫ ...