ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އިންޑިޔާގެ ކެރެލާ ސްޓޭޓުން ތިން ދިވެހިން ހައްޔަރުކޮށްފިއެވެ.

މި ތިން މީހުން ހައްޔަރުކޮށްފައިވަނީ 17 ކިލޯގެ މަސްތުވާތަކެތި (ހެޝިޝް އޮއިލް)އާއި އެކު ކަމަށް ދި ނިއު އިންޑިއަން އެކްޕްރެސް ނޫހޫން ވަނީ ހާމަކޮށްފައެވެ. މި ތަކެތީގެ އަގު 5 ކްރޯރް ރުޕީސް (11 މިލިއަން ރުފިޔާ)އަށް އަރާކަމަށްވެސް ދި ނިއު އިންޑިއަން އެކްޕްރެސްގައި ހާމަކޮށްފައިވެއެވެ.

އެނޫހުން ރިޕޯޓުކޮށްފައިވާގޮތުގައި އިއްޔެ ހައްޔަރުކުރި ތިން މީހުންނަކީ، ޝަނީޒް މަހީރް (27އ) އާއި އައިމަން އަހުމަދު (24އ) އަދި އިބްރާޙިމް ފައުޒެން ސާލިހް (29އ)އެވެ.

މީގެ ތެރެއިން ޝަނީޒް އަކީ މަސްތުވާތަކެތި ޓްރެފިކިންގ މައްސަލާގައި ދުނިޔޭގެ ކަމާ ބެހޭ އިދާރާތަކުން ހޯދަމުންދާ މީހެއްކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ. އަދި އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރީ ރާއްޖޭގައި ހިންގާ މީހުންގެ ތެރެއިން އެންމެ ބޮޑު އެކަކުކަމަށްވެސް އެނޫހުގައިވެއެވެ.

ކެރެލާ ފުލުހުންގެ ނާކޮޓިކްސް ސްޕެޝިއަލް އެކްޝަން ފޯރސްގެ އޮފިސަރެއްކަމަށްވާ އައި.ޖީ.ޕީ ވިޖަޔަންއާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވާގޮތުގައި މި މީހުން އަތުލައިގަނެފައިވަނީ އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ އެހީއާއެކުއެވެ.

މިތިން މީހުން ކެރެލާގައި ތިބި އިރު ފުލުހުން އެމީހުންނަށް ފާރަލަމުންދިޔަ ކަމަށާއި، އެގޮތުން ޗާލާ ބާޒާރުން އެމީހުން 32 ޕެކެޓު ވެޖިޓަބަލް އޮއިލް ގަތްކަމަށް އެ ސިޓީގެ ފުލުހުންގެ ކޮމިޝަނަރ ޕީ. ޕްރަކާޝް ވަނީ ބުނެފައެވެ. މި މީހުންގެ މަޤުސަދަކަށްވެފައިވަނީ އެ ޕެކެޓުތައް ހުސްކުރުމަށްފަހު އެޔަށް މަސްތުވާތަކެތި އެޅުމަށްފަހު  ވައިގެ މަގުން ރާއްޖެއަށް އެތަކެތި އެތެރެކުރަންކަމަށް ދި ނިއު އިންޑިއަން އެކްސްޕްރެސްއަށް ދިން ބަސްދީ ގަތުމެއްގައި ޕްރަކާޝް ބުނެފައިވެއެވެ.

އިންޑިއާ އިން ފަހަކަށް އައިސް އަތުލައިގަންނަ މަސްތުވާތަކެތީގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ. އެގޮތުން މިދިޔަ މަހުވެސް ރާއްޖެއަށް އެތެރެކުރަން އުޅުނު 10 ކިލޯއެއްވެސް ހިމެނޭކަމަށް އިންޑިޔާގެ ކެރެލާ ފުލުހުން ބުނެއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމެރިކާއިން ރާއްޖެއަށް ފައިޒަރ ވެކްސިންގެ އެއްލައްކައަށްވުރެ ގިނަ ޑޯޒް ހަދިޔާކޮށްފި

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، އެމެރިކާގެ ސަރުކާރުން ދިވެހިރާއްޖެއަށް އެއްލައްކަ އަށާވީސް ހާސް ހަތް ސަތޭކަ ޑޯޒްގެ ފައިޒާ ކޮވިޑް-19 ...

ރޭ ދަންވަރު ގަދަވަޔާއެކު ކުރިވިއްސާރައިގައި މީދުއަށް ލިބުނު ގެއްލުން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓަކުން ފެނިވަޑައިގަންނަވަނީ ރޭ ދަންވަރު 3:30 ހާއިރު ބާރުވަޔާއެކު އައި ކޮޅިގަނޑެއްގައި މީދޫއަށް ލިބިފައިވާ ...

ނަގޫރޯޅިއެއް އަރައި ދ. ބަނޑިރޫއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ދ އަތޮޅު  ބަނޑިދޫއަށް ވިއްސާރަޔާއެކު ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު އެރަށަށް ...