ފޭދޫ ސްކޫލްގެ ޓީމާ ބައްދަލުކުރިމެޗް ހިތަދޫ ސްކޫލްގެ ޓީމު ކާމިޔާބުކޮށްފި

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅެވުނު 16 އަހަރުން ދަށުގެމެޗް ހިތަދޫ ސްކޫލް ކާމިޔާބުކޮށްފިއެވެ.

ހިތަދޫ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗް ހިތަދޫ ސްކޫލް ކާމިޔާބުކޮށްފައިވަނީ ފޭދޫ ސްކޫލްގެ ޓީމާ ވާދަކޮށް 3 ލަނޑު ދެލަނޑުންނެވެ.

މިމެޗްގައި ފުރަތަމަ ލަނޑު ޖަހާކުރިހޯދީ ފޭދޫ ސްކޫލްގެ ޓީމެވެ. ފޭދޫ ސްކޫލްގެ ފުރަތަމަ ލަނޑު މެޗްގެ ފުރަތަމަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަހުމަދު އަރުޝަމްއެވެ.

ހިތަދޫ ސްކޫލްޓީމުން މެޗްގެ ނަތީޖާ ހަމަހަމަކުރި ލަނޑު 14 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އައިމަން ނަޒީރެވެ. ހިތަދޫ ސްކޫލްގެ 2 ވަނަ ލަނޑު މެޗްގެ 26 ވަނަ މިނިޓްގައި އަދި އެޓީމުގެ 3 ވަނަ ލަނޑު 62 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އީމާން ނަޒީރެވެ.

މިމެޗްގައި ފޭދޫ ސްކޫލްގެ 2 ވަނަ ލަނޑު މެޗްގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ފޭދޫޓީމަށް ކާމިޔާބުކޮށްދިން އަހުމަދު އަރުޝަމްއެވެ.

މިމެޗުން ފޭދޫ ސްކޫލްގެ ޓީމު ދެރަވުމުން އެޓީމު މިމުބާރާތުގައި ކުޅުނު ދެމެޗުންވެސްވަނީ ދެރަވެފައެވެ. މިމެޗުން މޮޅުވި ހިތަދޫ ސްކޫލްގެ ޓީމު އިރުޝާދިއްޔާ ސްކޫލްގެ ޓީމާ ވާދަކޮށް ކުޅުނުމެޗުންވަނީ ދެރަވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫގެ 3 ކުޅުންތެރިއަކު 23 އަހަރުން ދަށުގެ ގައުމީޓީމްގެ ޕްރެޓިސްގައި ބައިވެރިވުމަށް މާލެފުރައިފި

މީދޫގެ ތިން ކުޅުންތެރިއަކު ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީޓީމްގެ ޕްރެކްޓިސްގައި ބައިވެރިވުމަށް މާލެ ފުރައިފިއެވެ. 23 އަހަރުން ...

ލީގުކަޕް: ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ފުލަމް އަތުން ލިވަޕޫލަށް އުނދަގޫ މޮޅެއް

އިގިރޭސި ލީގުކަޕް ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ފުލަމް އަތުން މޮޅުވެ ...

ލޮތާރި ސްޓްރީޓް 3 ދަރިވޭމްޕް – މައިލޯ ސިޓީން އެފްސީއަޚުން ތަފާތު ބޮޑުކޮށް ބަލިކޮށްފި

ކްލަބް ލޮތަރިން އިންތިޒާމުކޮށްގެން މީދޫގައި ކުރިއަށްގެންދާ  ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  ފުޓްބޯޅަ މުބާރާތުގައި  މިރޭ  ކުޅެވުނު ...