ފޭދޫ ސްކޫލްގެ ޓީމާ ބައްދަލުކުރިމެޗް ހިތަދޫ ސްކޫލްގެ ޓީމު ކާމިޔާބުކޮށްފި

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅެވުނު 16 އަހަރުން ދަށުގެމެޗް ހިތަދޫ ސްކޫލް ކާމިޔާބުކޮށްފިއެވެ.

ހިތަދޫ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗް ހިތަދޫ ސްކޫލް ކާމިޔާބުކޮށްފައިވަނީ ފޭދޫ ސްކޫލްގެ ޓީމާ ވާދަކޮށް 3 ލަނޑު ދެލަނޑުންނެވެ.

މިމެޗްގައި ފުރަތަމަ ލަނޑު ޖަހާކުރިހޯދީ ފޭދޫ ސްކޫލްގެ ޓީމެވެ. ފޭދޫ ސްކޫލްގެ ފުރަތަމަ ލަނޑު މެޗްގެ ފުރަތަމަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަހުމަދު އަރުޝަމްއެވެ.

ހިތަދޫ ސްކޫލްޓީމުން މެޗްގެ ނަތީޖާ ހަމަހަމަކުރި ލަނޑު 14 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އައިމަން ނަޒީރެވެ. ހިތަދޫ ސްކޫލްގެ 2 ވަނަ ލަނޑު މެޗްގެ 26 ވަނަ މިނިޓްގައި އަދި އެޓީމުގެ 3 ވަނަ ލަނޑު 62 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އީމާން ނަޒީރެވެ.

މިމެޗްގައި ފޭދޫ ސްކޫލްގެ 2 ވަނަ ލަނޑު މެޗްގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ފޭދޫޓީމަށް ކާމިޔާބުކޮށްދިން އަހުމަދު އަރުޝަމްއެވެ.

މިމެޗުން ފޭދޫ ސްކޫލްގެ ޓީމު ދެރަވުމުން އެޓީމު މިމުބާރާތުގައި ކުޅުނު ދެމެޗުންވެސްވަނީ ދެރަވެފައެވެ. މިމެޗުން މޮޅުވި ހިތަދޫ ސްކޫލްގެ ޓީމު އިރުޝާދިއްޔާ ސްކޫލްގެ ޓީމާ ވާދަކޮށް ކުޅުނުމެޗުންވަނީ ދެރަވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

” އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2019 “ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި ...

ގައުމު ސްޓްރީޓް ކަޕް : ރޭ ކުޅެވުނު ދެމެޗުންވެސް މީދޫ ދެޓީމް ބަލިވެއްޖެ

ގައުމު ސްޓްރީޓް ކަޕް ގައި ރޭ ކުޅެވުނު މެޗްތަކުން މީދޫގެ ދެޓީމްވެސް ބަލިވެއްޖެވެ. ރޭ 8:30 ގައި ކުޅެވުނު ...

އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް: މިއަދު ކުޅެވުނު މެޗްތައް ކާމިޔާބުކުރީ ފޭދޫ ސްކޫލްގެ ޓިމާއި ހިތަދޫ ސްކޫލްގެ ޓީމް

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ފޭދޫ ސްކޫލްގެ 14 އަހަރުން ދަށުގެ ...