މީދޫގެ 3 ކުޅުންތެރިއަކު 23 އަހަރުން ދަށުގެ ގައުމީޓީމްގެ ޕްރެޓިސްގައި ބައިވެރިވުމަށް މާލެފުރައިފި

މީދޫގެ ތިން ކުޅުންތެރިއަކު ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީޓީމްގެ ޕްރެކްޓިސްގައި ބައިވެރިވުމަށް މާލެ ފުރައިފިއެވެ.

23 އަހަރުން ދަށުގެ ގައުމީޓީމާއެކު ޕްރެކްޓިސްގައި ބައިވެރިވުމަށް އިއްޔެ ފުރި ތިން ކުޅުންތެރީންނަކީ ސަހާފް ، ރަޔަން މުއްސަދު އަދި ވިޝާލްއެވެ.

މިތިން ކުޅުންތެރީން އިއްޔެ މާލެ ފުރާފައިވާއިރު ކަމާބެހޭ ފަރާތްތަކާއި ވާހަކަ ދައްކައިގެން މިކުޅުންތެރީންނަށް މިފުރުސަތު ހޯއްދަވައި ދެއްވުމުގެ އިތުރަށް  މިތިން ކުޅުންތެރީން ރަށުން ފުރައިގެން ގަމަށް ދިއުމުގެ ފެރީޓިކެޓާއި ގައުމުން މާލެއަށް ދިއުމަށް ފްލައިޓްގެ ޓިކެޓްގެ ކަންތައްވެސް ހަމަޖައްސަވާ ދެއްވާފައިވަނީ އަލީ ނަޒީރުކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސަހާފާއި ރަޔަން ބޮޑަށް ފާހަގަ ވެގެންގޮސްފައިވަނީ އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތްތަކުގައި އަތޮޅު މަދަރުސާޓީމަށްކުޅެ ތަފާތު މޮޅު ކުޅުމެއް ދައްކާފައި ވުމުގެ ސަބަބުންނެވެ. އަދި މީގެ އިތުރަށް މިދެކުޅުންތެރީންވެސް ސްކޫލްނިމި އައްޑޫސިޓީގައި ބޭއްވިފައިވާ ތަފާތު މުބާރާތްތަކުގައިވެސް މޮޅު ކުޅުމެއް ދައްކާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

ވިޝާލްއަކީވެސް އައްޑުއަތޮޅުގައި ބޭއްވުނު ތަފާތު ފުޓްބޯޅަ މުބާރާތްތަކުގައި މީދޫޓީމަށް ކުޅެ އޭނާގެ ކިބައިގައި ހުރި ފުޓްބޯޅައިގެ ހުނަރު ދައްކަމުން އަންނަ މޮޅު ކުޅުންތެރިއެއްކަން ފާހަގަކޮށްލަންޖެހެއެވެ.

މީދޫގެ ކުޅިވަރަށް ލޯބިކުރާ އެންމެންގެ އެދުމަކީ މިކުޅުންތެރީންނަށް މިލިބުނު ފުރުސަތުގެ ބޭނުން ފުރިހަމަގޮތުގައި ހިފައިގެން ޕްރެޓިކްޓިސްގައި ރަގަޅު ކުޅުމެއްދައްކައި 23 އަހަރުން ދަށުގެ ގައުމީޓީމުގައި މިތިން ކުޅުންތެރީންވެސް ހިމެނިގެންދިއުމެވެ.  

advisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސްގެ ހިތްވަރާއި، ދެއްކި މިސާލަށް ރައީސް ނަޝީދުގެ ތަޢުރީފް !

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރެއްވި ހިތްވަރާއި ދެއްކެވި ސާބިތުކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ...

ހާޓް އެޓޭކެއްޖެހިގެން ފިނިފެންމާ  ސޯލިހު ނިޔާވެއްޖެ !

ގިނަބައަކާ ވަރަށް ގާތް އެކުވެރިކަމެއް އަބަދުވެސް ބާއްވަވާ ހުޅުދޫ ފިނިފެންމާގޭ ސޯލިހު ހާޓް އެޓޭކެއް ޖެހިގެން ނިޔާވެއްޖެ އެވެ. ...

ނަތީޖާ ބޮޑުތަނުން އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް: ރައީސް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ހެދުނު ގޯސްތައް ދެނެގަނެވިފައިވާ ކަމަށާއި ހިތްވަރާ އެކު އެންމެން އެކުގައި ...