ލޮތާރި ސްޓްރީޓް 3 ދަރިވޭމްޕް – މައިލޯ ސިޓީން އެފްސީއަޚުން ތަފާތު ބޮޑުކޮށް ބަލިކޮށްފި

ކްލަބް ލޮތަރިން އިންތިޒާމުކޮށްގެން މީދޫގައި ކުރިއަށްގެންދާ  ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  ފުޓްބޯޅަ މުބާރާތުގައި  މިރޭ  ކުޅެވުނު ފުރަތަމަ މެޗް ތަފާތު ބޮޑު ނަތީޖާއަކުން މައިލޯސިޓީ ކާމިޔާބުކޮށްފިއެވެ.

މީދޫ ފުޓްސަލް ދަނޑުގައި  ކުޅެވުނު މިމެޗް މައިލޯސިޓީ ކާމިޔާބުކޮށްފައިވަނީ އެފްސީ އަޚުންނާއި ބައްދަލުކޮށް 6 ލަނޑު 0 ލަނޑުންނެވެ.   

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ  މައިލޯސިޓީގެ ރަފާހު އަބްދުﷲއެވެ.   

މޮޅު ކުޅުންތެރިއަކަށް ހޮވުނު ރަފާހު އަބްދުﷲ އާއި  އިނާމް ހަވާލްކޮށްދެއްވީ މިމެޗްގެ ޝަރަފްވެރި އަހުމަދުދީދީއެވެ.     

މިމެޗުން މައިލޯސިޓީ މޮޅުވުމުން ގްރޫޕް އޭގައި އެޓީމް ކުޅުނު 4 މެޗުން   5 ޕޮއިންޓް ލިބި އެޓީމްވަނީ ގްރޫޕްގެ ދެވަނައަށް ޖެހިލާފައެވެ. އެއީ ގައުމު އެފްސީއާއި މައިލޯސިޓީ ޕޮއިންޓްގެ ގޮތުން އެއްވަރުވެ ގޯލްގެ ތަފާތުން މައިލޯސިޓީއަށް ކުރިލިބޭތީއެވެ. މައިލޯ ސިޓީ އަތުން ބަލިވި އެފްސީ އަޚުން ޓީމް ކުޅުނު 4 މެޗުގެ ތެރެއިން 4 މެޗުންވެސް އެޓީމް ބަލިވެފައިވާތީ އެޓީމް އޮތީ 5 ޓީމް ހިމެނޭ އޭ ގްރޫޕްގެ 5 ވަނާގައެވެ.

ގްރޫޕް އޭއިން މިވަތު އެއްވަނާގައި އޮތީ 3 މެޗުން 7 ޕޮއިންޓް ހޯދާފައިވާ ހުޅުދޫ އޭޓީއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބަދަހިކަޕް : ޕޮލިސްޓީމު ކުޅުނު ފުރަތަމަމެޗް ތަފާތު ބޮޑު ނަޖީއަކުން ކާމިޔާބުކޮށްފި

” ބަދަހިކަޕް ”  ނެޓްބޯޅަ މުބާރާތުގައި ޕޮލިސްޓީމް ކުޅުނު ފުރަތަމަމެޗް  ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ. ޕޮލިސް މިމެޗް ...

އުއްމީދީ ކުޅުންތެރިޔާ ސަހާފްއަށް ފުލް ސްކޮލަޝިޕެއް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ޒުވާނުން ސްޕޮންސާކޮށް އެމީހުންނަށް ކިޔަވައިދިނުމުގެ މަސައްކަތް ފަށައިފިއެވެ. މިގޮތުން މީދޫގެ ފުޓްބޯޅައިގައި ...

ވަރލްޑްކަޕް ޓްރޮފީއާއެކު ރައީސް ޔާމީން ތާރީޚުގެ ތެރެއަށް!

ފީފާ ވަރލްޑްކަޕް ޓްރޮފީ އުފުލާލި ފުރަތަމަ ދިވެއްސެއްގެ ގޮތުގައި ރައީސް ޔާމީން ތާރީޚުގެ ތެރެއަށް ވަދެވަޑައިގެންފިއެވެ. އެމަނިކުފާނު ފީފާ ...