ދާދުގެ 4 ލަނޑާއެކު އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާންގެ މައްޗަށް ރާއްޖެ ކުރިހޯދައިފި

އޭޝިއަން ކަޕް ކޮލިފައިންގެ ފަހު މެޗްގައި ބޫޓާނާއި ދެކޮޅަށް ރޭ ރާއްޖޭގެ ގައުމީޓީމު ކުޅުނު މެޗް 7 ލަނޑު 0 ލަނޑުގެ  ބޮޑު ތަފާތަކުން ރާއްޖޭގެ ގައުމީޓީމް ކާމިޔާބުކޮށްފިއެވެ. މި މެޗްގައި ރާއްޖެއިން ޖެހި ހަތް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކޮށްދީފައިވަނީ ހަސަން ނާއިޒް (ދާދު) އެވެ.

ކެޕްޓަން އަލީ އަޝްފާގު ގައުމީޓީމުން ބާކީކޮށް، އަދި މެޗްފެށެން ކައިރިވެފައިވަނިކޮށް އައްސަދު އަލީ ( އަޑުބަރޭ )  ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކޮށް  ޓީމާ ދުރަށް ގޮސްފައިވަނިކޮށް  ގަލޮޅު ދަނޑުގައި ރޭ ކުޅުނު މި މެޗްގައި ރާއްޖޭގެ ގައުމީޓީމުގެ ކުޅުންތެރީންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

ރޭގެ މިމެޗްގައި ރާއްޖެ ޓީމަށް ފުރަތަމަ ލަނޑު ޖަހަން ލިބުނު ފުރުސަތަކީ  11 ވަނަ މިނިޓްގައި  ދާދުއަށް ބޫޓާންގެ ކުޅުންތެރިއަކު އެޓީމުގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ކުރި ފައުލްއަކާއިގުޅިގެން ލިބުނު ޕެނަލްޓީއެވެ. އެހެން ނަމަވެސް ރާއްޖެ އަށް ލިބުނު މިޕެނަލްޓީގައި  އަލީ ފާސިރު ފޮނުވާލި ބޯޅަ ވަނީ ބޭރަށް ގޮސްފައެވެ. .

ރޭ ގެމެޗްގައި ރާއްޖޭގެގައުމީޓީމުގެ ފުރަތަމަ ލަނޑު  35 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީފައިވަނީ ހަމްޒާއެވެ.

ރާއްޖޭގެ ގައުމީޓީމުގެ އަދި ދެވަނަ ލަނޑު ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ކާމިޔާބުކޮށްދީފައިވަނީ  ނާއިޒް ( ދާދު ) އެވެ.

މި މެޗްގައި ރާއްޖޭގެ ގައުމީޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު 69 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީފައިވަނީ އިބްރާޙިމް ވަހީދެވެ. ރާއްޖޭގެ ގައުމީޓީމުގެ 4 ވަނަ ލަނޑު މެޗްގެ 77 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ނާއިޒް  ( ދާދު ) އެވެ.

ބޫޓާން ކޮޅަށް ރާއްޖޭގެ ޓީމުން  ޖެހި ފަސް ވަނަ ލަނޑު މެޗްގެ 80 ވަނަ މިނިޓްގައި ނާއިޒް ( ދާދު )  ކާމިޔާބުކޮށްދީ މިމެޗްގައި ނާއިޒް ( ދާދު ) ވަނީ  ހެޓްރިކް ހަދާފައެވެ.

މިމެޗްގައި ރާއްޖޭގެ ގައުމީޓީމުން ކާމިޔާބުކުރި 6 ވަނަ ލަނޑު 82 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީފައިވަނީވެސް ދާދުއެވެ.

މި މެޗްގައި ރާއްޖެ އިން ކާމިޔާބުކުރި ހަތް ވަނަ ލަނޑު މެޗްގެ އިތުރު ވަގުތުގެ ކުޅުމުގައި ކާމިޔާބުކޮށްދީފައިވަނީ ހުސެއިން ސިފާއު އެވެ.

ބޫޓާންގެ މައްޗަށް ހޯދި މޮޅާ އެކު ކޮލިފިކޭޝަން ބުރު ރާއްޖެ އަށް މިހާރު ވަނީ ނިމިފައެވެ.

ކޮލިފިކޭޝަން ބުރުގައި ރާއްޖޭގެ ގައުމީޓީމު ކުޅުނު ހަ މެޗުން   ހަ ޕޮއިންޓާ ލިބިގެން ރާއްޖެ ހިމެނޭ ޑީ ގްރޫޕުން ރާއްޖެއަށް ލިބިފައިވަނީ ތިންވަނައެވެ.

މި ގްރޫޕުން އޭއެފްސީ ކަޕަށް ކޮލިފައިވީ ފަލަސްތީނާއި އޮމާންއެވެ. އެ ދެ ޓީމަށް ވެސް ކޮލިފިކޭޝަން ބުރު ނިމުނުއިރު 15 ޕޮއިންޓް ލިބިފައިވާއިރު ގޯލުގެ ތަފާތުން ގްރޫޕްގެ އެއްވަނަ ލިބެނީ އޮމާނަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނޭމާގެ ސޮއި ހޯދަން ބޭނުންވާނަމަ އެކަން އޯގަސްޓް 8 ގެކުރީން ނިންމުމަށް ޕީއެސޖީންވަނީ ބާސާއަށް އަންގައިފި

އޯގަސްޓް 8 ގެކުރީން ޕީއެސްޖީއަށް ކުޅެމުންއަންނަ ނޭމާގެ ސޮއި ބާސާއަށް މަޖުބޫރު ވެއްޖެކަމަށް ރިޕޯޓްތައް ބުނެފިއެވެ. ރިޕޯޓްތައް ބުނާގޮތުން ...

ގައުމުން ވަރުގަދަ ތައްލިހި މޮޅުވިޔަނުދީ ހިފަހައްޓައިފި

ހުޅުމީދޫގައި ބޭއްވޭ އެންމެ އަގުބޮޑު މުބާރާތްކަމަށްވާ މިނިވަންކަޕް ފުޓްސަލް މުބާރާތުގައި އިއްޔެ  ހަވީރު ކުޅުނު މެޗުން ގައުމުން ވަރުގަދަ ...

މަރަދޫއެފްސީން ފަހަތުންއަރާ މަލްޓިޖީނިއަސް ބަލިކޮށްފި

މިނިވަންކަޕް 2017 ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ކުޅެވުނުމެޗް މަރަދޫ އެފްސީ ކާމިޔާބުކޮށްފިއެވެ. މަރަދޫ އެފްސީ މިމެޗް ކާމިޔާބުކޮށްފައިވަނީ ...