ގައުމުން ވަރުގަދަ ތައްލިހި މޮޅުވިޔަނުދީ ހިފަހައްޓައިފި

ހުޅުމީދޫގައި ބޭއްވޭ އެންމެ އަގުބޮޑު މުބާރާތްކަމަށްވާ މިނިވަންކަޕް ފުޓްސަލް މުބާރާތުގައި އިއްޔެ  ހަވީރު ކުޅުނު މެޗުން ގައުމުން ވަރުގަދަ ތައްލިހި އެފްސީ މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.

އިއްޔެ ހަވީރު ހުޅުދޫ ފުޓްސަލް ދަނޑުގައި ގައުމާއި ތައްލިހި ބައްދަލްކުރި މެޗުވެގެން ގޮސްފައިވަނީ ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗެއްގެ ގޮތުގައެވެ.

މިދިޔައަހަރު މިމުބާރާތުގެ ޗެމްޕިއަކަންކަން ހޯދި ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރީން ހިމެނޭ ތައްލިހި ޓީމާ ބައްދަލުކޮށް އިއްޔެގެ މެޗުގެ ފުރަތަމަ ހާފު ގައުމުން 3 ގޯލްޖަހާ ތައްލިހި ޓީމް ހާސްކަމުގެ ތެރެއަށް ވައްޓާލިއިރު ތައްލިހިންވެސްވަނީ ފުރަތަމަ ހާފް ނިމުމުމުގެ ކުރީން ލަނޑެއްޖަހާ މެޗްގެ ނަތީޖާ 3-1 ބަދަލުކޮށްފައެވެ.

އެހެންނަމަވެސް ދެވަނަ ހާފުގެ ކުޅުން ފަށައިގެން ތައްލިހިންވަނީ  ވަނީ އިތުރު 3 ގޯލް ކާމިޔާބުކޮށް މެޗްގެ ނަތީޖާ  4-3 އަށް ބަދަލުކޮށް މެޗްގެ ލީޑު ހޯދާފައެވެ.

ބޯކޮށް ވެހެމުންދިޔަ ވާރޭގައި މިމެޗްގެ ދެވަނަ ހާފްގެ ކުޅުން ކުރިއަށްގޮސް މެޗް ނިމެން ދެތިން މިނިޓަށް ވެފައިވަނިކޮށް  ގައުމުގެ އުއްމީދީ ފޯވާރޑު ސަބާހުވަނީ އެޓީމުގެ 4 ވަނަ ގޯލްކާމިޔާބުކޮށް މެޗްގެ ނަތީޖާ 4-4 ބަދަލުކޮށްދީފައެވެ.

މިމެޗްގެގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ތައްލިހިޓީމްގެ އަލީ ޝިފާއުއެވެ. މޮޅު ކުޅުން ތެރިއަކަށް ހޮވުނު އަލީޝިފާއުއަށް މިނިވަންކަޕް އޮގަނައިޒިން ކޮމިޓީން ހުށަހަޅާފައިވާ ޓްރޮފީ އަލީ ޝިފާއުއާއި ހަވާލްކޮށްދެއްވީ މިމެޗްގެ ޝަރަފްވެރި މެހްމާނާ ނާޖިޔާއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މޮރޮކޯއިން ކްރޮއޭޝިއާ މޮޅުވިޔަނުދީ ހިފަހައްޓައިފި

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފްގައި ކުޅުނު ފުރަތަމަ މެޗުގައި މޮރޮކޯއިން ކްރޮއޭޝިއާ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ. ...

ޔޫތު ޗެލެންޖް ކަޕް 2020- ފައިނަލްމެޗްގެ ކުޅުން މިއަދު ހަވީރު

މީދޫގައި ބާއްވަމުން އައި ޔޫތުޗެލެންޖް ކަޕް 2020 ފުޓްބޯޅަ މުބާރާތުގެ ފައިނަލްމެޗްގެ ކުޅުން މިއަދު ހަވީރު މީދޫ ފުޓްބޯޅަ ...

އެމްއީސީ ބަދަހިކަޕް – ގްރޫޕީން ސެމީފައިނަލަށް ހޮވުނީ މިފްކޯއާއި ޕޮލިސް

މިހާރު މީދޫގައި ހިގަމުންދާ ” އެމް.އީ.ސީ ބަދަހިކަޕް ” ނެޓްބޯޅަ މުބާރާތުގެ ގްރޫޕީން ސެމީފައިނަލަށް ދެޓީމް ދަތުރުކޮށްފި އެވެ. ...