އޯގަސްޓް 8 ގެކުރީން ޕީއެސްޖީއަށް ކުޅެމުންއަންނަ ނޭމާގެ ސޮއި ބާސާއަށް މަޖުބޫރު ވެއްޖެކަމަށް ރިޕޯޓްތައް ބުނެފިއެވެ. ރިޕޯޓްތައް ބުނާގޮތުން ބާސާއިން ނޭމާގެ ސޮއި ހޯދަން ބޭނުންވާނަމަ އެކަން އޯގަސްޓް 8 ގެކުރީން ނިންމުމަށް ޕީއެސޖީންވަނީ ބާސާއަށް އަންގާފައެވެ.

މިގޮތުން މީގެ ކުރީންވެސް ބާސާއަށް ކުޅެފައިވާ ނޭމާގެ ޓްރާންސްފާގެ ކަންކަން ފުރިހަމަކުރުމަށް ބާސާއިން މަސައްކަތްކުރަމުންއަންނަކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ. އަދި ނޭމާގެ ސޮއި ހޯދޭކަމުގެ އުއްމީދު ބާސާއަށް ބޮޑުކަމަށވެސްް ރިޕޯޓްތައް ބުނެއެވެ.

ބްރެޒިލްގެ ސަންތޯސްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު ނޭމާ ބާސާއަށް ބަދަލުވީ 2013 ވަނައަހަރުއެވެ. އެގޮތުން އޭނާވަނީ އެޓީމަށް ކުޅުނު 186 މެޗްގައި 105 ލަނޑު ކާމިޔާބުކޮށް އެޓީމާއެކު ސްޕެނިޝްލީގު ދެފަހަރު ، ކޮޕާޑެލްރޭ 2 ފަހަރު ، ސްޕެނިޝް ސްޕަކަޕް އަދި ޔޫއޭފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބްވޯލްކަޕްވެސް ކާމިޔާބުކޮށްފައެވެ.

ނޭމާއަންނަނީ ޕީއެސްޖީއަށް ބަދަލުވެ އެކްލަބްގައިވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާވަނީ އެކްލަބަށް މިހާތަނަށް 58 ކުޅެ  51 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ބްރެޒިލްގެ ގައުމީޓީމާއެކު އޮލިމްޕިކްސް ރަންމެޑަލް މިދިޔައަހަރު ކާމިޔާބުކުރި ނޭމާވަނީ ގައުމީޓީމަށް ކުޅުނު 97 މެޗްގައި 60 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާވަނީ ފީފާ ކޮންފެޑެރޭޝަން ކަޕް 2013 ވަނައަހަރު އަދި ސައުތު އެމެރިކަން ޔޫތު ޗެމްޕިއަންޝިޕް 2011 ވަނައަހަރު ބްރެޒިލްއާއެކު ކާމިޔާބުކޮށްފައެވެ.

މަސްދަރު: ޕީއެސްއެމް ސްޕޯޓްސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫޓީމް ފައިބައިގެން ހުއްޓާލި ހުޅުދޫ ، މީދޫ މެޗުން މޮޅުވީ މީދޫޓީމްކަމަށް ކަނޑައަޅައިފި

އައްޑޫސިޓީގެ ޒުވާނުންގެ މެދުގައި މިހާރު ބާއްވަމުން އަންނަ 20 އަހަރުން ދަށުގެ ” އައްޑޫ ޔޫތު ޗެލެންޖް 2020 ...

މަރަދޫ އައުޓްޑޯ ވޮލީ ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކުރައްވައިފި

ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރެއްވުމަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން އައްޑޫ ސިޓީ މަރަދޫ އައުޓްޑޯ ވޮލީބޯޅަ ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ...

ބާސާގެ ރައީސްއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަނީ

ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއާ ކުލަބުން ބޭރުކުރުމަށް ނޯކޮންފިޑެސް ވޯޓެއް ނެގުމަށް ކުލަބުންގެ މެންބަރުން މަސައްކަތް ފަށާފަވާކަމަށް ބާސެލޯނާގެ ...