ރަޝިއާގެ އެންމެ ބޮޑު ޓްރެވަލް އެގްޒިބިޝަންގައި ރާއްޖެ ބައިވެރިވެއްޖެ

ރަޝިއާގެ މޮސްކޯގައި ކުރިއަށްދާ “މޮސްކޯ އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް” (އެމްއައިޓީޓީ) ފެއާގައި ރާއްޖެ ބައިވެރިވެއްޖެއެވެ.

އެމްއެމްޕީއާރުސީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޓޫރިޒަމް ދާއިރާއިން ގައުމުތައް ޕްރޮމޯޓުކުރުމުގެ މަޤްސަދުގައި މި މަހުގެ ތޭރަ ވަނަ ދުވަހުން ފަނަރަވަނަ ދުވަހަށް ކުރިއަށްގެންދާ މި ފެއާގައި ރާއްޖޭގެ އަށާވީސް ކުންފުންޏަކުން 55 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ.

އެމްއައިޓީޓީ ފެއާއަކީ ރަޝިއާގައި ބާއްވާ އެންމެ ބޮޑު ބީޓޫބީ އެގްޒިބިޝަނެވެ. މި ފެއާގައި ރާއްޖެ ތަމްސީލު ކުރާ ސްޓޯލް ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ އާދަކާދައާއި ސަޤާފަތް ދައްކުވައިދޭ ގޮތަށެވެ. ޓޫރިޒަމް ދާއިރާގައި ގައުމުތައް ޕްރޮމޯޓުކުރުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެމްއައިޓީޓީ ފެއާ ބާއްވާ މިއީ 25 ވަނަ އަހަރެވެ. މި އަހަރުގެ ފެއާގައި އެކި ގައުމުތަކުން ސޯޅަސަތޭކަ ކުންފުނިން ބައިވެރިވެފައިވެއެވެ. މި ފެއާގައި ޓޫރިޒަމް ދާއިރާގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާއި މާކެޓިން ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންގެ މެދުގައި މި ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރެވެން ހުރި ކަންތައްތަކާމެދު މަޝްވަރާކުރައްވާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. ގިނަ ބައެއްގެ ތަރުހީބް ލިބޭ އެމްއައިޓީޓީ ފެއާއަށް މިދިޔަ އަހަރުވެސް ތޭވީސް ހާހަށްވުރެ ގިނަ ފަރާތްތަކުން ވަނީ ޒިޔާރަތްކޮށްފައެވެ.

ރަޝިއާއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ އެއްގައުމެވެ. އެގޮތުން މިދިޔަ އަހަރުވެސް ރަޝިއާއިން ފަސްދޮޅަސް އެއްހާސް ނުވަސަތޭކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އެއީ ދެހާސް ސޯޅަވަނަ އަހަރާ އަޅާ ބަލާއިރު ތިރީސް ތިން އިންސައްތަ އިތުރު އަދަދެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުށަހެޅުމުގެ ފުރުސަތު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ މި އަހަރުގެ ދެވަނަ ފިޔަވަހީގެ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު އަންނަ ...

ބޭރުގެ ފައިސާ ގެނެވޭގޮތަށް ބީއެމްއެލުން އަލުން އީ-ވޮލެޓުގެ ހިދުމަތް ފަށައިފި

ޑިޖިޓަލް ވޮލެޓު ހިމެނޭހެން އޮންލައިންކޮށް ފައިސާ ޓްރާންސްފަރކުރެވޭ ޕްލެޓްފޯމްތަކުން މުއާމަލާތުކުރެވޭ ގޮތް އަލުން ބީއެލްއެލުން ހުޅުވާލައިފި އެވެ. ބޭރުގެ ...

ތަފާތު ވިޔަފާރިތަކާއެކު އައްޑޫގައި ޝޮޕިންގް މޯލެއް ހުޅުވަނީ

ތަފާތު ވިޔަފާރިތަކާއި އެހެނިހެން ހިދުމަތްތަކާ އެކު، އައްޑޫސިޓީގެ ފޭދޫގައި ޝޮޕިންގް މޯލެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އެބަ ދެއެވެ. ...