ޗެލްސީ 3 ލަނޑު 0 ލަނޑުން ބަލިކޮށް ޗެމްޕިއަންސްލީގުގެ ކުއާޓާ ފައިނަލުން ޖެހިޖެހިގެން 11 ވަނަ ފަހަރަށް ބާސެލޯނާ ޖާގަ ހޯދައިފި އެވެ. .

ބާސެލޯނާ ކުއާޓާފައިނަލުން ޖާގަލިބުނީ މިދެޓީމް ބައްދަލުކޮށް ކުޅުނު ދެ ލެގުގެ އެގްރިގޭޓުން 4 ލަނޑު 1 ލަނޑުން  ބާސެލޯނާއަށް  ކުރި ލިބިގެންނެވެ.  މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ޗެލްސީގެ ދަނޑުގައި ނިމުނީ 1 ލަނޑު 1 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.

ރޭ ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގެ ތިންވަނަ މިނެޓްގައި ބާސެލޯނާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑު ހޯދައިދިނީ މެސީއެވެ.  ރޭގެ މެޗްގައި ބާސެލޯނާއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗްގެ 20 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޑެމްބެލޭއެވެ.

ޗެލްސީއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލްޖަހާނެ ރަނގަޅު ދެ ތިން ފުރުސަތެއް ޗެލްސީއަށް ވެސް ލިބިގެންގޮސްފައިވެއެވެ.  މިގޮތުން އޮލޮންސޯ ފޮނުވާލި ހިލޭޖެހުމެއް ބާސާގެ ގޯލުގެ ހުރަސް ދަނޑި އަށް އަމާޒުވިއިރު އޭނާ ފޮނުވާލި އިތުރު ހަމަލާއެއް ބާސާގެ ކީޕަރު ސްޓޭގަން ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފްގެ ކުޅުންފެށިގެން ޗެލްސީން ރަނގަޅަށް ކުޅެމުންދަނިކޮށް  ބާސާ އިން ވަނީ ކައުންޓަ އެޓޭކެއްގައި އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްފައެވެ. މެޗުގެ 63 ވަނަ މިނެޓްގައި މި ގޯލު ވެސް ބާސާ އަށް ކާމިޔާބުކޮށްދިނީ މެސީއެވެ.

ރޭގެ މެޗްގައި މެސީކާމިޔާބުކުރި  ދެގޯލާއެކު ޗެމްޕިއަންސް ލީގުގައި މެސީ ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 100 އަށް އަރާފައެވެ. އޭނާ އަކީ މިހާތަނަށް މި ޝަރަފް ލިބުނު ދެވަނަ ކުޅުންތެރިޔާ އެވެ. މި ޝަރަފު މީގެކުރިން ހޯދާފައިވަނީ ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ މި މުބާރާތުގައި މިހާތަނަށް 117 ގޯލު ކާމިޔާބުކޮށްފައެވެ.

ކުއާޓާގައި ބާސާ ބައްދަލުކުރާނެ ޓީމެއް އިނގޭނީ ހުކުރު ދުވަހު ބާއްވާ ގުރުއަތުލުމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔުވެންޓަސް ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި

ރޮނާލްޑޯގެ ހެޓްރިކަކާ އެކު އެތްލެޓިކޯ މެޑްރިޑް ބަލިކޮށް ޔުވެންޓަސް ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ. ...

އެއްބަސްވުން ހަމަވަންދެން އާސެނަލްގައި މަޑުކުރާނަން: ވެންގާ

އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވަންދެން ކްލަބުގައި މަޑުކުރާނެ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ. ނޫސްވެރިންނަށް މައުލޫމާތު ...

ޖަރުމަނުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ފްރާންސް އަތުން ޖަރުމަން ބަލިވެއްޖެ

ޔޫރޯ ފުޓްބޯޅަ މުބާރާތް 2020 ގެ  މަރުގެ ގުރޫޕްގެ ގޮތުގައި މަޝްހޫރު ވެފައިވާ ގުރޫޕް އެފްގައި ޖަރުމަން އާއި ...