ލިންކު ލޯޑްގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ

އައްޑޫ ލިންކް ރޯޑުގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ އެވެ.

ލިންކް ރޯޑުން ހިތަދޫގައި ހުންނަ ކުނިކޮށި ކައިރިން ކާރަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓުގައި މަރުވީ ސ. ހިތަދޫ ނޫމުގުމާގޭ މުހައްމަދު ރަޝްމު ރިޔާޒް 29، އެވެ.

ހިތަދޫ ހޮސްޕިޓަލުން ބުނީ، އެކްސިޑެންޓު ހިނގިއިރު ސައިކަލް ދުއްވަން އިން ރަޝްމު އެތަނަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ ވަގުތު އާންމުން ނަގާފައިވާ ފޮޓޯތަކުން އެނގޭ ގޮތުގައި ހަށިގަނޑުގެ ބައެއް ތަންތަން ބިންދައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ވަނީ ވެފަ އެވެ.

“ކާރުގައި ތިބި ތިން މީހުންނަށް ވެސް އަނިޔާވެގެން މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި،” ހިތަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މި އެކްސިޑެންޓުގައި ޖެހުނު ސައިކަލާއި ކާރު ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ކާރުގެ ކުރީކޮޅު އެއްކޮށް ހަލާކުވެފައިވާއިރު ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ވި އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫގައި ބޭއްވި ކުޑަކުދިންގެ ހަވީރު

– ޕޮލިސް ދަނޑު- 13 -05-2023 -ހުޅުދޫ އަވަށު އޮފީހާއި މުއައްސަސާތައް ގުޅިގެން ހުޅުދޫގައި ބޭއްވި ކުޑަކުދީންގެ ހަވީރު- ...

ކޮވިޑް 19- ހިތަދޫން އިތުރު 4 މީހަކު ޕޮޒިޓިވްވެ ހިތަދޫގެ އެކްޓިވްކޭސްގެ އަދަދު 121 އަރައިފި

ކޮވިޑް-19 އަށް އައްޑޫސިޓީން މިއަދު ޕޮޒިޓިވްވީ 5 މީހުން ކަމުގައި އޭއީއެޗް އިން ހާމަކުރައްވައިފިއެވެ. އޭއީއެޗްގެ ތަފާސް ހިސާބަށް ...

ސަރުކާރު އޮތީ އައްޑޫރަށްޔިތުންނާއެކު – ނިހާދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އައްޑޫ ސިޓީގައި ފެށި އެތައް މަޝްރޫއެއް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ރައްޔިތުންގެ ...