ކޮވިޑް 19- ހިތަދޫން އިތުރު 4 މީހަކު ޕޮޒިޓިވްވެ ހިތަދޫގެ އެކްޓިވްކޭސްގެ އަދަދު 121 އަރައިފި

ކޮވިޑް-19 އަށް އައްޑޫސިޓީން މިއަދު ޕޮޒިޓިވްވީ 5 މީހުން ކަމުގައި އޭއީއެޗް އިން ހާމަކުރައްވައިފިއެވެ.

އޭއީއެޗްގެ ތަފާސް ހިސާބަށް ބަލާއިރު އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން ހޯމަ ދުވަހުގެ އިރުއޮއްސި 6:00 ޖެހުމާއި ހަމައަށް ޕޮޒިޓިވްވި 5 މީހުންގެ ގެތެރޭގައި ހިމެނެނީ ހިތަދުން ޕޮޒިޓިވްވި 4 މީހުންނާއި މަރަދުން ޕޮޒިޓިވްވި މީހެކެވެ.

ހިތަދުން ޕޮޒިޓިވްވި މީހުންގެ ތެރެއިން 3 މީހުންނަކީ މީގެ ކުރީން ހިތަދުން ޕޮޒިޓިވްވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންނެވެ. ދެން ޕޮޒިޓިވް ވެފައިވާ މީހާއަކީ ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. މަރަދުން ޕޮޒިޓިވްވި މީހާއަކީ ހޯމްކަރަންޓީނުގައި ހުރިމީހެކެވެ.

މިއަދު ޕޮޒިޓިވްވި 5 މީހުންގެ ތެރެއިން 4 މީހުންނަކީ ހިތަދޫ މީހުންކަމަށްވާތީ ހިތަދޫގައި މިހާރު އެކްޓިވް ކޭސްގެ ގޮތުގައި 121 މީހުންތިބި އޭއީއެޗް އިން ވަނީ ހާމަކޮށްފައެވެ. އަދި މަރަދުން މިއަދު ޕޮޒިޓިވްވިމީހާއާއިއެކު މަރަދޫގައި އެކްޓިވް ކޭސްގެ ގޮތުގައި ވަނީ 3 ކެވެ.

ތަފްސީލް އަންނަނީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޭސީޕީ ޖަމްޝީދާއި، އަޙްމަދު މުޙައްމަދު މަޤާމުން ވަކިކުރަން ނޯޓިސް ފޮނުވައިފި

އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރ މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު ވަޒީފާއިން ވަކިކުރަން ނޯޓިސް ފޮނުވައިފިއެވެ. ރައީސް ޢަބްދުﷲ ޔާމީންގެ ...

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ފަސް ޕްރޮޖެކްޓަކަށް އެހީ ދީފި- އޭގެ ތެރޭގައި މީދޫ ރަފަޅާ ސަރަހައްދުގެ ޕްރޮޖެޓް ހިމެނުނު

ބޭންކް އޮފް މޯލްޑިވްސް ކޮމިއުނިޓީ ފަންޑުގެ ދެވަނަ ކްއާޓަރުގައި ފަސް ރަށެއްގައި ޕްރޮޖްކްޓް ހިންގަން އެހީތެރިކަން ފޯރުކޮށް ދީފި ...

ހުޅުދޫގެ ކުރީގެ ކައުންސިލަރު އަލީ މުހައްމަދު އެމްޑީޕީއަށް ސޮއިކުރައްވައިފި

ހުޅުދޫގެ ކުރީގެ ކައުންސިލަރު އަލީ މުހައްމަދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ. އަލީ މުހައްމަދު އެމްޑީޕީއަށް ރޭ ސޮއިކުރައްވާފައިމިވަނީ ރަށްޔިތުންގެ މަޖިލިހުގެ ...