ލިންކު ލޯޑްގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ

އައްޑޫ ލިންކް ރޯޑުގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ އެވެ.

ލިންކް ރޯޑުން ހިތަދޫގައި ހުންނަ ކުނިކޮށި ކައިރިން ކާރަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓުގައި މަރުވީ ސ. ހިތަދޫ ނޫމުގުމާގޭ މުހައްމަދު ރަޝްމު ރިޔާޒް 29، އެވެ.

ހިތަދޫ ހޮސްޕިޓަލުން ބުނީ، އެކްސިޑެންޓު ހިނގިއިރު ސައިކަލް ދުއްވަން އިން ރަޝްމު އެތަނަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ ވަގުތު އާންމުން ނަގާފައިވާ ފޮޓޯތަކުން އެނގޭ ގޮތުގައި ހަށިގަނޑުގެ ބައެއް ތަންތަން ބިންދައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ވަނީ ވެފަ އެވެ.

“ކާރުގައި ތިބި ތިން މީހުންނަށް ވެސް އަނިޔާވެގެން މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި،” ހިތަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މި އެކްސިޑެންޓުގައި ޖެހުނު ސައިކަލާއި ކާރު ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ކާރުގެ ކުރީކޮޅު އެއްކޮށް ހަލާކުވެފައިވާއިރު ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ވި އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގައި ވަކި ދަޢުލަތެއް ޤާއިމްކުރުމަށް މަޝްވަރާކޮށްފި

އައްޑޫ ސިޓީގައި ވަކި ދަޢުލަތެއް ޤާއިމްކުރަން އެސިޓީގެ ބައެއް ކައުންސިލް މެމްބަރުންނާ އެމްޑީޕީގެ އިސް ބޭފުޅުންނާއެކު ކުރީގެ ރައީސް ...

ފޮޓޯއިން ޚަބަރު : މިމަގުގެ ވާހަކަ ދައްކަންޖެހޭ

ވާރޭ ވެހޭ ކޮންމެ ފަހަރަކު މީދޫ މަޖުދުއްދީން މަގުގައި ފެންބޮޑުވެ، ފެން ނުހިނދި ދިގުލައިގެންދާތީ އެކަމުގެ އުދަގޫ އެމަގުގެ ...

މާފުށީ ޖަލުން ކޮވިޑް ކޭސްތަކެއް ފެނި ޖަލު ކުއްލި ހާލަތަށް މިއަދު ގެންނަނީ

ކޮވިޑްގެ ހާލަތު ގޯސްވެ، މާފުށީ ޖަލު ކުއްލި ހާލަތަށް ގެންނަން ނިންމައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ކޮށްފައިވާ އިއުލާނެއްގައި ...