ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އީސީގެ މެމްބަރު ކަމަށް ޝަރީފްގެ ނަން، ދިރާސާ ކުރުމަށް ކޮމެޓީ އަށް ފޮނުވަން މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.

މަޖިލީހުގެ އިދާރާ އިން އާންމު ކުރައްވާފައިވާ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ބުނެފައި ވަނީ މާދަމާގެ ޖަލްސާގައި އޮންނާނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން މެންބަރެއްގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ޢާންމުކޮށް އިޢުލާނުކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލައެވެ.

ޝަރީފް ވަނީ މީގެ ކުރިން ވެސް އީސީގައި މަސައްކަތް ކުރައްވައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނަށް ޝަރީފު އައްޔަން ކުރައްވަނީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި އަހުމަދު ސުލެއިމާން މިދިޔަ މަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ-ފުވައްމުލަށް ފެރީ ދަތުރުތައް މެދުކަނޑާލައިފި

އައްޑޫ ސިޓީ އާއި ފުވައްމުލަކާއި ދެމެދު ކުރަމުން އައި ފެރީ ދަތުރުތައް މެދުކަނޑާލަން ސަދަން ޓްރާންސްޕޯޓު ލިންކުން ނިންމައިފިއެވެ. ...

މަސައްކަތު މާހައުލުގައި މިއަދު ބިރު ދެއްކުމެއް ނެތްކަމީ ހަގީގަތް: އެމްޑީޕީ

މަސައްކަތު މާހައުލުގައި މިއަދު ބިރު ދެއްކުމެއް ނެތްކަމަށާއި މި ސަރުކާރުން މުވައްޒަފުންގެ ހައްގުތައް ނަގަހައްޓާނެކަމީ ޔަގީންކަމެއް ކަމަށް އެމްޑީޕީން ...