ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެނެލް އަކުން އޮސްކާ އެވޯޑެއް ލައިވްކުރަނީ

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ޗެނެލް އަކުން އޮސްކާ އެވޯޑެއް ލައިވްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެގޮތުން އޮސްކާ އެވޯޑް ހަފްލާ “އޮސްކާ 2018” ރާއްޖޭގައި ލައިވްކުރާނި މުނިފޫހިފިލުމުގެ ދާއިރާގެ މައުލޫމާތު ގެނެސްދިނުމުގައި އާންމުންގެ މަގްބޫލުކަން ހޯދާފައިވާ ޗެނެލް، އައިސް ޓީވީން ނެވެ.

އައިސް ޓީވީގެ ޕްރޮޑަކްޝަންސް މެނޭޖަރ އަހުމަދު އިގްބާލް މީޑިޔާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ “އޮސްކާ އެވޯޑް ހަފްލާ ދެއްކުމަށް ހަމަ ޖެހިފައި އޮތީ މިރޭ ފަތިހު 4:30 ގައި ކަމަށާއި، އޮސްކާ ދައްކަނީ ވަރަށް ގިނަ ބަޔަކު ރިކުއެސްޓް ކުރާތީ ރައިޓްސް ނަގައިގެން ކަމަށެވެ.

އައިސްޓީވީ އަކީ ބައިނަލް އަގްވާމީ ފުޓްބޯޅަ މެޗްތަކާއި އެހެނިހެން ބޯޑެތި އިވެންޓްތައްވެސް އެޗްޑީ ކޮލިޓީގައި ދިވެހިންނާ ހަމައަށް ގެނެސްދޭ ޗެނަލް އެއްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
މިއަހަރުގެ އޮސްކާ އެވޯޑު ހަފްލާއަކީ ވަރަށް ވާދަވެރި ގިނަ ނޮމިނޭޝަންތަކެއް ބައިވެރިކޮށްފައިވާ ހަފްލާއަކަށް ވާނެއެވެ. 24 ކެޓަގަރީއަކުން ނޮމިނޭޝަންތައް އިއުލާނު ކޮށްފައިވާއިރު ނޮމިނޭޝަންތަކުގެ އެންމެ ކުރީގައި އުޅެނީ ގުލަމޯ ޑެލް ޓޯރޯގެ “ދަ ޝޭޕް އޮފް ވޯޓާ” އެވެ. އެ ފިލްމަށް 13 ނޮމިނޭޝަންސް ލިބިފައިވެއެވެ.
އަދި ބަފްޓާގައިވެސް ގިނަ އެވޯޑްތަކެއް ހޯދި “ތްރީ ބިލް ބޯޑްސް އައުޓްސައިޑް އެބިން މިސޯރީ” އަށް ހަތް ނޮމިނޭޝަން ލިބިފައިވެއެވެ. އެހެން ކެޓަގަރީތަކުން ނޮމިނޭޓްވެފައިވާ ފިލްމުތަކަކީ “ކޯލް މީ ބައި ޔޯ ނޭމް” އާއި “ޑާކެސްޓް އަވާ” އާއި “ގެޓް އައުޓް” އާއި “ޕެންތަމް ތްރެޑް” އާއި “ލޭޑީ ބާޑް” އަދި “ދަ ޕޯސްޓް” އެވެ.

މިފަހަރުގެ އެވޯޑް ހަފްލާ ހުށަހަޅައިދޭނީ މިދިޔަ އަހަރުވެސް ހުށަހަޅައިދިން ޖިމީ ކިމެލް އެވެ. މި ހަލްފާ ރަސްމީކޮށް ލައިވް ކުރާނީ އެމެރިކާގެ އޭބީސީ ޗެނަލް އެވެ.
މިއަހަރަކީ އޮސްކާ އެވޯޑް ހަފްލާއަށް 90 އަހަރު ފުރޭ އަހަރެވެ. މި ހަފްލާގައި އެމެރިކާގައި އާންމުން ބަޑި ގެންގުޅުމާއި ދެކޮޅު ހެދުމުގެ ގޮތުން ހަފްލާގައި ބައިވެރިވާ އެންމެންވެސް އޮރެންޖް ކުލައިގެ އެމެރިކާ ދިދައެއް ބޭނުން ކުރާނެ އެވެ. އަދި ޖިންސީ ފުރައްސާރައާއި ދެކޮޅަށް މިހާރު ފިލްމީ ފަންނާނު ހަފްލާތަކުގައި ބޭނުން ކުރާ “ޓައިމްސް އަޕް” އާއި “މީޓޫ” ކެމްޕޭން ރަމްޒު ކޮށްދިނުމުގެ ގޮތުން ބައިވެރިން އެވޯޑް ހަފްލާއަށް ހާޒިރުވާނީ ކަޅު ހެދުމުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކަފާލާތުގެ ދަށުން ސަލްމާން ދޫކޮށްލައިފި

 ފުއްލާ އެއް މަރާލި މައްސަލައެއްގައި ސަލްމާން ޚާންގެ މައްޗަށް އިއްވާފައިވާ 5 އަހަރު ދުވަހުގެ  ޖަލު ހުކުމުގެ މައްސަލާގައި ސަލްމާން ...

ޓެމިލް ނާޑޫގައި އޭއާރް ރަހްމާނުގެ ޝޯއެއް ބާއްވަނީ

އޮސްކާ އަދި ގްރެމީ އެވޯޑް ހާސިލް ކޮށްފައިވާ އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯސާ އޭ އާރް ރަހްމާން އޭނާގެ ...

އާ ޗެނަލްތަކާއެކު ދިރާގުޓީވީން ގޯލްޑް ޕެކް ތަރާއަފުކޮށްފި

ފިލްމު ދައްކާ އާ ޗެނަލްތަކަކާއެކު ދިރާގުޓީވީންގޯލްޑް ޕެކެޖެއް ތައާރަފުކޮށްފިއެވެ. ދިރާގުން ހާމަކޮށްފައިވާ ގޮތުގައި، ސިނެމަޗީގެ ފިލްމީ ޗެނަލްތަކާއެކު 100 ...