ފެނަކައިގެ އެމްޑީ، ޝަރީފު އިލެކްޝަނަށް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އީސީގެ މެމްބަރު ކަމަށް ޝަރީފްގެ ނަން، ދިރާސާ ކުރުމަށް ކޮމެޓީ އަށް ފޮނުވަން މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.

މަޖިލީހުގެ އިދާރާ އިން އާންމު ކުރައްވާފައިވާ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ބުނެފައި ވަނީ މާދަމާގެ ޖަލްސާގައި އޮންނާނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން މެންބަރެއްގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ޢާންމުކޮށް އިޢުލާނުކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލައެވެ.

ޝަރީފް ވަނީ މީގެ ކުރިން ވެސް އީސީގައި މަސައްކަތް ކުރައްވައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނަށް ޝަރީފު އައްޔަން ކުރައްވަނީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި އަހުމަދު ސުލެއިމާން މިދިޔަ މަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިގިރޭސިޕްރިމިއާލީގުގެ ޗެމްޕިއަންކަން ލިވަޕޫލަށް ލިބިއްޖެ

އިގިރޭސިޕްރިމިއާލީގުގެ ޗެމްޕިއަންކަން ލިވަޕޫލަށް ލިބިއްޖެވެ. ލިވަޕޫލްއަށް ޗެމްޕިއަން ލިބުނީ ޗެލްސީ އާއި ވާދަކޮށް މެންޗެސްޓަރ ސިޓީ ބަލިވުމުންނެވެ. ޗެލްސީއަތުން ...

ހައިކޯޓުގެ އަމުރާ ޚިލާފަށް އަރުޝަދު ދޫކޮށްލި ފުލުހުންގެ މައްސަލަ އެންއައިސީއަށް

ހައިކޯޓުގެ އަމުރާ ޚިލާފަށް އަރުޝަދު ޚާލިދު ހައްޔަރުން ދޫކުރުމަށް ނިންމި އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް ...

ގައުމު ސްޓްރީޓް ކަޕް : މީދޫ ލޮތަރި އެފްސީ ފައިނަލަށް

ގައުމު ސްޓްރީޓް ކަޕް  – ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގައި މީދޫ ލޮތަރި އެފްސީއާއި ބައްދަލުކޮށް މިމުބާރާތުގައި ވާދަކުރިޓީމްތަކުގެ ތެރެއިން ...