އައްޑޫ ސިޓީން އިތުރު 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

 އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާ (އޭއީއެޗު) އިން ހާމަކޮށްފައިވާގޮތުން ހޮނިހިރު ދުވަހުގެ އިރުއޮއްސި ހަޔަކުން އާދީއްތަ ދުވަހުގެ އިރުއޮއްސި ހަޔަކަށް އައްޑޫސިޓީން އިތުރު 18 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ

މީގެ ތެރޭގައި ހިމެނެނީ ހިތަދޫން ޕޮޒިޓިވި 8 މީހަކާއި  ފޭދޫއިން ޕޮޒިޓިވްވި 8 މީހެއްގެ އިތުރަށް  މަރަދޫއިން އެކަކު އަދި މަރަދޫ ފޭދުން  ޕޮޒިޓިވްވި މީހެކެވެ.  

އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން  1185 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އަދި ފާއިތުވި 24 ގަޑިއިރުތެރޭ ބަލިން ފަސޭހަވެގެން ދޫކޮށްލާފައިވަނީ 34 މީހެކެވެ.

އައްޑޫގެ ރަށްރަށުގެ  ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް މިހާރު  އުޅެނީ ފޭދޫގައެވެ . އެގޮތުން ފޭދޫގައި  ކޮވިޑްގެ 107 ކޭސް އުޅޭއިރު، ހިތަދޫގައި 60 ކޭސް، މަރަދޫގައި 37 ކޭސް، މަރަދޫފޭދޫގައި 05 ކޭސް އަދި ގަމުގައި 1 ކޭސް އުޅޭ ކަމަށް އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުދޫއާއި މީދޫގައި މިވަގުތު ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހަކުނެތެވެ. އެހެންނަމަވެސް ހުޅުދޫއާއި މީދޫ އަދިވެސް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ. އަދި މީގެ އިތުރަށް ރޭގަޑު 9:00 އިން ފަތިހު 4:00 އަށް މިދެރަށުގައި ވަނީ ކާފިއު ހިންގާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއީ ލިބުނު ކާމިޔާބީއެއް، ދެކުނުގެ ބޯޑަރު ކޯސްޓްގާރޑުން ބަލަހައްޓާނެ: ރައީސް

ރާއްޖޭގެ ދެކުނުން އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމާ ގުޅިގެން، ރާއްޖޭގެ ދެކުނުގެ ބޯޑަރު ކޯސްޓްގާރޑުން ބަލަހައްޓަމުން ގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ...

ނޫރައްދީން އެމްޑީޕީގެ ޕްރައިމަރީގައި ވާދަނުކުރައްވަން ނިންމަވައިފި

އެމްޑީޕީގެ ފަރާތުން މީދޫ ދާއިރާގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ނިންމި މީދޫގެ މަޝްހޫރު ޒުވާން ވިޔަފާރިވެރިޔާ އަލީނޫރައްދީން އެމްޑީޕީގެ ...

ގާނޫނާ ޚިލާފަށް ކަންތައްތައްކުރިން – ހުކުމެއްގައި ހުންނަންޖެހުނީ ގާނޫނާ ޚިލާފްވުމުން : ޒީއަތު

ގާނޫނާ ޚިލާފަށް ކަންތައްތައް ކުރެއްވިކަމަށާ އަދި ޖަލުހުކުމެއްގައި ހުންނަވަންޖެހުނީ އެހެންވެގެންކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބދުﷲ ޒީއަތު ...