ކޯވިޑް-19: މިއަދު ރާއްޖެއިން އިތުރު 1،007 މީހުން ޕޮޒިޓިވްވެއްޖެ

advertisement

ރާއްޖެއިން އިތުރު 1،007 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއަދުވެސް ޕޮޒިޓިވް ކޭސްތައް އެއްހާހުން މައްޗަށް އަރާފައިވަނީ ކުރީ ދުވަސްތަކުގައި ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން ނަތީޖާ ނުލިބިހުރި ސާމްޕަލްތަކުގެ ނަތީޖާ މިއަދުގެ ނަތީޖާގައި ހިމެނިގެންކަމަށް އެޗްއީއޯސީން ވަނީ ހާމަކޮށްފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލޭ ސަރަޙައްދުން އެކަނިވެސް 793 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 183 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 26 މީހަކާއި، ލިވަބޯޑުން 5 މީހަކު ޕޮޒިޓިވް ވެފައިވެއެވެ

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 43،782 އަށް އަރާފައެވެ

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 341 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމްލަ 28،013 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވާ ކޭސްތައް އިތުރުވާން ފެށުމާގުޅިގެން މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ. މިގޮތުން މިވަގުތު މިބައްޔަށް 15،666 މީހުން ފަރުވާ ހޯދަމުންދާއިރު 260 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،159 ސާމްޕަލެއް ވަނީ ނަގާފައެވެ.

ރާއްޖެއިން މިބަލީގައި މިހާތަނަށް ވަނީ 94 މީހުން ނިޔާވެފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މެންބަރު ޔާސިރާއި ކުޅުދުއްފުށި ސިޓީ ކައުންސިލް އަނެއްކާވެސް އެމްޑީޕީއަށް

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި ބައެއް ކައުންސިލަރުން އަލުން އެމްޑީޕީއަށް ...

ފެނަކައަށް 7 އަހަރު ފުރުމުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް 7 އަހަރު ފުރުމުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ފެނަކަ ހުރިހާ ބްރާންޗެއްގައި ...

ޖަމާއަތުގައި ފަތިސް ނަމާދުކޮށްގެން ފައިސާގެ އިނާމު

ބ. އޭދަފުށީގައި ޖަމާއަތުގައި ފަތިސް ނަމާދުކޮށްގެން ފައިސާގެ އިނާމު ދޭ ޕްރޮގްރާމެއް ފެށުމަށް ބ. އަތޮޅު ހޮސްޕިޓަލު މުވައްޒަފުންގެ ...