ޕޮއިންޓް ޓޭބަލްގެ 18 ވަނާގައި އޮތް ޕަލްމާސްއާއި ބާސެލޯނާ ބައްދަލުކުރިމެޗް އެއްވަރު ވެއްޖެ

ސްޕެނިޝް ލީގުގެ 18 ވަނާގައި އޮތް ލަސް ޕަލްމާސްއާއި ބައްދަލުކޮށް  ބާސެލޯނާ ކުޅުނުމެޗް އެއްވަރުވެއްޖެވެ.

ލަސް ޕަލްމާސްގެ ދަނޑުގައި ރޭ ކުޅެވުނު  މިމެޗް އެއްވަރުވެފައިވަނީ 1 ލަނޑު 1 ލަނޑުންނެވެ.

ރޭގެ މެޗްގެ  21 ވަނަ މިނިޓްގައި  މެސީ ކާމިޔާބުކޮށް ދިންލަނޑުން ބާސެލޯނާ މެޗްގެ ލީޑް ހޯދާފައިވަނިކޮށް ލަސްޕަލްމާސްއިން މެޗްގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފްގެ ކުޅުން ފެށިގެން 48 ވަނަ މިނިޓްގައި  ލަސް ޕަލްމާސްއަށް ލިބުނު ޕެނަލްޓީއަކުން ޖޮނަތަން ކަލޭރީ އެވެ.

މި ނަތީޖާއާ އެކުވެސް  26 މެޗުން 66 ޕޮއިންޓް ލިބި ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި އޮތީ ބާސެލޯނާއެވެ.

ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް  26 މެޗުން ލިބިފައިވަނީ ވަނީ 61 ޕޮއިންޓެވެ.

އަންނަ އާދިއްތަ ދުވަހު ލީގުގައި ބާސެލޯނާ އަމިއްލަ ދަނޑުގައި ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. އެތުލެޓިކޯއާ ދެކޮޅަށް ބާސެލޯނާ ނުކުންނައިރު، ލީގުގައި  ބާސެލޯނާވަނީ ބަލިނުވެ 33 މެޗު ހަމަކޮށްފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫރޯ 2020: ޕެޓްރިކް ޝިކްގެ ދެ ލަނޑުން ޗެކްރިޕަބްލިކް މޮޅުވެއްޖެ

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅެވުނު ފުރަތަމަ  ޗެކް ރިޕަބްލިކް ކާމިޔާބުކޮށްފިއެވެ. ޗެކްރިޕަބްލިކް މިމެޗް ކާމިޔާބުކުރީ ސްކޮޓްލެންޑާއި ...

މެޗްގެ ފަހުފަސް މިނިޓްގެތެރޭގައި ކާމިޔާބުކުރި ދެލަނޑުން އެތުލެޓިކޯގެ މައްޗަށް ބާސެލޯނާ ކުރި ހޯދައިފި

މެޗުގެ 28 ވަނަ މިނިޓްގައި ކޮސްޓާއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުން މެޗްގެ ބޮޑުބައި 10 ކުޅުންތެރިންނާއެކު ކުޅުނު ...

ޖަރުމަނުގެ ފުރަތަަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުން 10 ކުޅުންތެރިއަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ޖަރުމަނުގެ ފުރަތަަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުން 10 ކުޅުންތެރިއަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ. ޖަރުމަން ލީގުގެ ...