advertisement

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅެވުނު ފުރަތަމަ  ޗެކް ރިޕަބްލިކް ކާމިޔާބުކޮށްފިއެވެ.

ޗެކްރިޕަބްލިކް މިމެޗް ކާމިޔާބުކުރީ ސްކޮޓްލެންޑާއި ވާދަކޮށް ދެ ލަނޑު ސުންލަނޑުންނެވެ.

މިމެޗް ދެ ލަނޑު ސުންލަނޑުން ޗެކްރިޕަބްލިކް ކާމިޔާބުކުރިއަސް މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ސްކޮޓްލެންޑަށް ލިބިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. މިގޮތުން ސްކޮޓްލެންޑްގެ ކުޅުންތެރީން ޗެކްރިޕަބްލިކްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ގިނަ ބޯޅަތަކެއް ލަނޑަކަށް ވިޔަ ނުދީ ސަލާމަތް ކުރީ މުޅި މެޗުގައި ހުނަރުވެރި ކުޅުމެއް ދެއްކި ޗެ ކްރިޕަބްލިކްގެ ކީޕާރު ތޯމަސް ވަކްލިޗީއެވެ.

މިމެޗްގައި ޗެކްރިޕަބްލިކުން ކާމިޔާބުކުރި ފުރަތަމަ ލަނޑު އެޓީމުން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފްގެ 42 ވަނަ މިނިޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖަރުމަނުގެ ބަޔާން ލެވަކޫސަން އަށް ކުޅޭ ޕެޓްރިކް ޝިކެވެ. ބޮލުން ޖަހާ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން  ޝިކް ކާމިޔާބުކޮށްދިން ލަނޑަކީ ގައުމީ ޓީމަށް އޭނާ ޖަހާ ދިން 12 ވަނަ ލަނޑެވެ

މިމެޗުގައި ޗެކްރިޕަބްލިކުން ކާމިޔާބުކުރި ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފްގެ ކުޅުން ފަށައިގެން 7 ވަނަ މިނިޓްގައެވެ.

މިލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން  ޝިކްއެވެ. ޝިކްގެ މިލަނޑަކީ ސްކޮޓްލެންޑްގެ ޕެނަލްޓީއޭރިޔާއިން ބޭރުގައި އެޓީމުގެ ކީޕަރު ހުއްޓާ ދަނޑުގެ މެދުރޮގާހަމައިން ފޮނުވާލި ބޯޅައެއް ގޯލްތެރެއަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. ޝިކް ފޮނުވާލި މިބޯޅަ ދިފާއުކުރުމަށް ކީޕަރު ފަހަތަށް ޖެހި ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވެއެވެ. އެހެންނަމަވެސް ކީޕަރު އަތުގައި ނުޖެހި ބޯޅަވަނީ ގޯލްތެރެއަށް ވަދެފައެވެ.  

މިމެޗުން މޮޅުވެ ޗެކް ރިޕަބްލިކް މިވަނީ ގްރޫޕް ޑީގެ އެއްވަނައަށް އަރާފައެވެ. ދެވަނައިގައި އޮތް އިންގްލޭންޑާ ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް ޗެކް ރިޕަބްލިކް އެއްވަނައިގައި އޮތީ ޖެހި ގޯލުގެ ތަފާތުންނެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫތު ޗެލެންޖް ކަޕް 2020 – އެފްސީ ބަސްޕާކް ބަލިކޮށް އަމީގޯސް ފައިނަލަށް

9 ލަނޑު 3 ލަނޑުގެ ބޮޑުތަފާތަކުން އެފްސީ ބަސްޕާކް ބަލިކޮށް އެފްސީ އަމީގޯސް ޔޫތު ޗެލެންޖާސް ކަޕް 2020 ...

ލިވަޕޫލްގެ މައްޗަށް ނަޕޯލީ ކުރިހޯދައިފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅެވުނު މެޗްތަކުގެ ތެރެއިން  ލިވަޕޫލް އާއި ބައްދަލުކޮށް 1 ލަނޑު 0 ލަނޑުން މޮޅުވެ ...

އުރީދޫއިން އެސް 10 ސީރީޒްގެ ފޯނުތައް ރާއްޖެއަށް ތަޢާރަފްކޮށްފި

އުރީދޫ މޯލްޑިވްސްއާއި ސެމްސަންގްއިން ގެލެކްސީ އެސް ޓެން ސީރީޒް ރާއްޖެއަށް ތައާރަފްކޮށް، ޕްރީ-އޯޑަރ ހުޅުވާލައިފިއެވެ. މިއަދު ހަވީރު އުރީދޫ ...