މެޗްގެ ފަހުފަސް މިނިޓްގެތެރޭގައި ކާމިޔާބުކުރި ދެލަނޑުން އެތުލެޓިކޯގެ މައްޗަށް ބާސެލޯނާ ކުރި ހޯދައިފި

މެޗުގެ 28 ވަނަ މިނިޓްގައި ކޮސްޓާއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުން މެޗްގެ ބޮޑުބައި 10 ކުޅުންތެރިންނާއެކު ކުޅުނު އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް 2 ލަނޑު 0 ލަނޑުން ބާސެލޯނާ ކުރިހޯދައިފިއެވެ.

ބާސެލޯނާގެ ދަނޑުގައި ރޭ ކުޅެވުނު މިމެޗުން ބާސެލޯނާ މޮޅުވި 2 ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ  މެޗުގެ ފަހު ފަސް މިނިޓް ތެރޭގަ އެވެ.

މި ގޮތުން  ބާސެލޯނާގެ ފުރަތަމަ ލަނޑު 85 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ސުއަރޭޒްއެވެ.  ރޭގެ މެޗްގައި ބާސެލޯނާއިން ކާމިޔާބުކުރި ދެވަނަ ލަނޑު އޭގެ އެއްމިނިޓްފަހު  86 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީ މެޗްގެ ލީޑު ފުޅާކޮށްދިނީ މެސީއެވެ.

ރޭގެ މޮޅާ އެކު ސްޕެނިޝް ލީގުގެ އެއްވަނާގައި  ބާސެލޯނާ އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކުގައެވެ. އެއީ  31 މެޗުން 73 ޕޮއިންޓާ ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ އަށް 31 މެޗުން ލިބިފައިވަނީ 62 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުން 2-1 އިން އެއިބާ އަތުން މޮޅުވިއިރު، އެ ޓީމަށް 31 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ.

ސްޕެނިޝް ލީގުގެ 3 ވަނާގައި އޮތް ރެއާލްމެޑްރިޑް މިމަހުގެ 4 ވަނަ ދުވަހު  ވެލެންސިއާ އަތުން ބަލިވިޔަސް ރޭ އެއިބާއާއި ބައްދަލުކުރިމެޗުން އެޓީ ވަނީ މޮޅުވެފައެވެ.

ރެއާލްމެޑްރިޑްގެ ދަނޑުގައި ކުޅެވުނު މިމެޗުން ރެއާލް މޮޅުވިޔަސް ރޭގެ މެޗްގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ އެއިބާއިންނެވެ. އެއިބާއިން މިމެޗްގައި ކާމިޔާބުކުރި ލަނޑު39 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ  މާކް ކާޑޯނާއެވެ.

ރެއާލްމެޑްރިޑް މިމިމެޗްގައި ކާމިޔާބުކުރި ދެނލަނޑުވެސް ކާމިޔާބިޔާބުކޮށްފައިވަނީ މެޗްގެ ދެވަނަ ހާފްގައެވެ. އަދި މިދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބެންޒަމާއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އާސެނަލްގެ މައްޗަށް ސްވެންސީ އިން ކުރި ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާ ވާދަކޮށް 3-1 އަކުން މޮޅުވެ ސްވެންސީ ސިޓީ ރެލިގޭޝަން ޒޯނުން ...

ޔޫރޯގައި ވާދަކުރާ ސްޕެއިންޓީމުގެ ކެޕްޓަން ސާޖިއޯ ބުސްކެޓް ކޮވިޑް 19 އަށް ޕޮޒިޓިވް ވެ ސްޕެއިން ޓީމް އައިސޮލޭޝަނަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ސްޕެއިން ޓީމުގެ ކެޕްޓަން ސާޖިއޯ ބުސްކެޓް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެބުސްކެޓްސް ކޮވިޑް 19 ...

އެއްބަސްވުން ހަމަވަންދެން އާސެނަލްގައި މަޑުކުރާނަން: ވެންގާ

އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވަންދެން ކްލަބުގައި މަޑުކުރާނެ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ. ނޫސްވެރިންނަށް މައުލޫމާތު ...