ޕޮއިންޓް ޓޭބަލްގެ 18 ވަނާގައި އޮތް ޕަލްމާސްއާއި ބާސެލޯނާ ބައްދަލުކުރިމެޗް އެއްވަރު ވެއްޖެ

ސްޕެނިޝް ލީގުގެ 18 ވަނާގައި އޮތް ލަސް ޕަލްމާސްއާއި ބައްދަލުކޮށް  ބާސެލޯނާ ކުޅުނުމެޗް އެއްވަރުވެއްޖެވެ.

ލަސް ޕަލްމާސްގެ ދަނޑުގައި ރޭ ކުޅެވުނު  މިމެޗް އެއްވަރުވެފައިވަނީ 1 ލަނޑު 1 ލަނޑުންނެވެ.

ރޭގެ މެޗްގެ  21 ވަނަ މިނިޓްގައި  މެސީ ކާމިޔާބުކޮށް ދިންލަނޑުން ބާސެލޯނާ މެޗްގެ ލީޑް ހޯދާފައިވަނިކޮށް ލަސްޕަލްމާސްއިން މެޗްގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފްގެ ކުޅުން ފެށިގެން 48 ވަނަ މިނިޓްގައި  ލަސް ޕަލްމާސްއަށް ލިބުނު ޕެނަލްޓީއަކުން ޖޮނަތަން ކަލޭރީ އެވެ.

މި ނަތީޖާއާ އެކުވެސް  26 މެޗުން 66 ޕޮއިންޓް ލިބި ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި އޮތީ ބާސެލޯނާއެވެ.

ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް  26 މެޗުން ލިބިފައިވަނީ ވަނީ 61 ޕޮއިންޓެވެ.

އަންނަ އާދިއްތަ ދުވަހު ލީގުގައި ބާސެލޯނާ އަމިއްލަ ދަނޑުގައި ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. އެތުލެޓިކޯއާ ދެކޮޅަށް ބާސެލޯނާ ނުކުންނައިރު، ލީގުގައި  ބާސެލޯނާވަނީ ބަލިނުވެ 33 މެޗު ހަމަކޮށްފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މެސީގެ އެއްބަސްވުމުގެ މުއްދަތު ހަމަވެއްޖެ

ބާސެލޯނާގެ ކެޕްޓަން ލައޮނަލް މެސީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެއްޖެއެވެ. ރިޕޯޓްތައް ބުނާގޮތުން ...

އެތުލެޓިކޯ މެޑްރިޑްއަތުން މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް ބާސެލޯނާ ހޯދައިފި

މެސީގެ ފުޓްބޯޅައިގެ ކެރިއަރުގައި ކާމިޔާބުކުރި 600 ވަނަ ލަނޑުން އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރިމެޗުން ބާސެލޯނާ މޮޅުވެއްޖެވެ. މިމެޗްގައި ...

ޔޫރޯ 2020: ޔޫކްރެއިން ބޮޑުތަފާތަކުން އިންގްލެންޑް ސެމީ އަށް

ޔޫރޯ 2020 ގެ ކުއާޓަރ ފައިނަލުގެ ފަހު މެޗުގައި ޔޫކްރެއިން ބޮޑުތަފާތަކުން ބަލިކޮށް  އިންގްލެންޑުން ސެމީ ފައިނަލުގެ ފަހު ...