ނުރުހުމަކީ ވަރަށް ބާރުގަދަ ޖަޒުބާތެކެވެ. ދެމިގެންދާ ނުރުހުން ބަދަލުވަނީ ނަފުރަތަށެވެ. މީހަކާމެދު ނަފުރަތު އުފެދުމުން އިންސާނަކަށްވީތީ އޮންނަ ރަހުމު ކެނޑެއެވެ. އަދި އަމުދުން ގާތްމީހެއްނަމަ، އެނަފުރުގެ ޖަޒުބާތުން އެމީހާގެ ސިކުނޑީގައި އަނެކާއަށް ނިކަމެތިކަމާއި ދެރަކަން ލިބުމަށް އެދުންވެރިވުމުގެ ޝުއޫރުތައް އުފެދެން ފަށައެވެ. ފަހުން އައިސް އެ ޖަޒުބާތު ބަދަލުވެގެންދަނީ އެންމެ މަތީދަރަޖައިގެ ހިތްދަތިގޮތްތައް އެމީހަކަށް މެދުވެރިކުރުވުމުގެ އެދުމަށެވެ.

ނުރުހުން އުފެދިގެން އަންނަނީ ދެމިގެންދާ ހިތްހަމަނުޖެހުމުގެ ތެރެއިންނެވެ. އެއީ އިންސާނީ ތަބީއަތެވެ. ހަމައެފަދައިން އެއްއިންސާނަކު އަނެއް އިންސާނަކާ މެދު ނުރުހުން އުފެދެން ދިމާވަނީ، ގަސްތުގައިިވިޔަސް ނުވަތަ ގަސްތަކާ ނުލާ ވިޔަސް އެމީހާގެ ހިތުގައި ޖެއްސުމުންނެވެ. ނުވަތަ ޖެއްސިގެންނެވެ.

އެހެންކަމުން، އަޅުގަޑުމެންގެ ދިރިއުޅުމުގައި އަނެކުންގެ ހިތުގައި ނުޖެއްސުމަށް ވިސްނުން ބެހެއްޓުމަކީ ފާގަތިކުރިމަގަކަށް އުންމީދުކުރާ ކޮންމެ މީހަކު ވިސްނަންވީ ކަމެކެވެ. އުފާވެރި ކުރިމަގަކަށް މަގުފަހިކުރުމަށްޓަކައެވެ. އިންސާނީ ނަސްލު އަމާންއޮމާންކަންމަތީ ދެމިގެންދިޔުން އޮތީ ނުރުހުމާއި ނަފުރަތުން އެއްކިބާވެގެންވާ މުޖުތަމިއު ތަކެއްގެ މައްޗަށް ކަމަށްވާތީއެވެ.

އަޅުގަޑުމެން ދިވެހިންނަކީ އުފާވެރި ކުރިމަގެއް ލިބިދާނެ ބައެކެވެ. އެއްބަހަކުން ވާހަކަދައްކާ، އެއްދީނެއްގެ، އެއްނަސްލެއްގެ ބަޔަކަށް ވީތީއެވެ. އެހެނަސް، ދެމިގެންދާގޮތަށް އަނެކާގެ ނުރުހުން ލިބޭގޮތަށް މީހުންގެ ހިތުގައި ޖެއްސުމަކީ އަޅުގަޑުމެންގެ ސަގާފަތުގެ ބައެއްކަމުގައިވީތީ، އެ އުފާވެރި ކުރިމަގު މިއޮތީ އަޅުގަޑުމެންނާ ވަރަށް ދުރުގައޭ ހިތަށް އަރައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެފްރިކާގެ ނައިޖަރ ގައި ދިވެހި އަމިއްލަ ޖަމިއްޔާއަކުން މިސްކިތެއް ބިނާކޮށްފި

ދަރުމައަށް މަސައްކަތްކުރަމުން އަންނަ ދިވެހި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ “އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން” އިން ހުޅަނގު އެފްރިކާގެ ނައިޖަރ ...

ކޯލިޝަން: ފޭލި ނިޒާމަށް!

ކޯލިޝަން ނުވަތަ އިއްތިޙާދު މިރާއްދޭގެ އެޅަ ޑިމޮކުރަސީ އެ އެތެރެ ވެނީ ދެ ފަހަރަކި މަތިން ޓެސްޓްވެ ފޭލިވެފެއި. ...

ކޮޕާ އެމެރިކާ 2019: ބްރެޒިލް ސެމީފައިނަލަށް

ޕެނަލްޓީ ޖަހައިގެން 4-3 އިން ޕެރަގުއޭ ބަލިކޮށް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ބްރެޒިލް ދަތުރުކޮށްފިއެވެ. ...