ކޮޕާ އެމެރިކާ 2019: ބްރެޒިލް ސެމީފައިނަލަށް

ޕެނަލްޓީ ޖަހައިގެން 4-3 އިން ޕެރަގުއޭ ބަލިކޮށް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ބްރެޒިލް ދަތުރުކޮށްފިއެވެ.

ޕެނަލްޓީޖަހައިގެން ޕެރޫ ބަލިކޮށް ބްރެޒިލް ސެމީފައިނަލަށް ހޮވިފައިވާއިރު ފާހަގަކޮށްލަން ޖެހޭކަމަކީ 2011 ވަނަ އަހަރާއި 2015 ވަނަ އަހަރު މިމުބާރާތުގެ ކްއާޓާ ފައިނަލުން ބްރެޒިލް ކަޓާފައިވަނީ ޕެނަލްޓީޖަހައިގެން  ޕެރޫއަތުން ދެރަވެގެންކަމެވެ.
ބްރެޒިލްގައި މިއަދުގެ ރާއްޖޭގެ ގަޑިން ފަތިހު 5:30 ގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މިމެޗްގެ ފަހުހާފްގެ 58 ވަނަ މިނިޓުގައި ޕެރޫގެ ފަބިއަން ބަލްބުއެނާ ، ބްރެޒިލްގެ  ރޮބާޓޯ ފިރްމީނޯ އަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ އޭނާއަށް  ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުން  އެއް ކުޅުންތެރިއަކު މަދުކޮށް ޕެރަގުއޭޓީމުން ކުޅުނުކަމުގައިވިޔަސް މިމެޗްގައި ޕެރަގުއޭ އިން ވަނީ ރަނގަޅު ޑިފެންސިވް ގޭމެއް ކުޅެ ބްރެޒިލްޓީމަށް ކުޅުމުގެ ތެރޭގައި ލަނޑެއް ޖެހިޔަނުދީ ހިފަހައްޓާފައެވެ.  އަދި މީގެ އިތުރަށް  އެޓީމުންވަނީ ކައުންޓަ އެޓޭކުގައި ބްރެޒިލްގެ ގޯލަށް    ނުރައްކާތެރި ދެހަމަލާއެއް ފޮނުވާލާފައެވެ. އެހެންނަމަވެސް މިދެހަމަލާވެސް ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ ދިފާއު ކޮށްފައެވެ.

މިމެޗުން މޮޅުވާޓީމެއް ކަނޑައެޅުމަށް ޕެނަލްޓީ ޖެހި ޖެހުމުގައި ބްރެޒިލުން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުވިއިރު، ބްރެޒިލުން ޖެހިޕެނަލްޓީތަކުގެ ތެރެއިން ނާކާމިޔާބު ވެފައިވަނީ  ފިރްމީނޯ ޖެހި ޕެނަލްޓީއެވެ. ފިރްމީނޯޖެހި ޕެނަލްޓީގައި ބޯޅަ ގޯލާސީދާނުވެ ގޮސްފައިވަނީ ބޭރަށެވެ.

ބްރެޒިލުން ޕެނަލްޓީ ކާމިޔާބުކުރީ ވިލިއަން، މާކުއީނިއޯސް، ކުޓީނިއޯ އަދި ގަބްރިއެލް ޖީސޫސް އެވެ.

ޕެރަގުއޭގެ ކެޕްޓަން ގުސްޓާވޯ ގޯމޭޒް ޖެހި ޕެނަލްޓީ ބްރެޒިލްގެ ކީޕަރު އެލިސަން ވަނީ މަތަކޮށްފަ އެވެ. އަދި ޑާލިސް ގޮންޒާލޭޒް ޖެހި ޕެނަލްޓީ ސީދާނުވެދިޔައިރު، އެ ޓީމުން ޕެނަލްޓީ ކާމިޔާބުކުރީ މިގޭލް އަލްމިރޯން، ބްރޫނޯ ވަލްޑޭޒް އަދި ރޮޑްރީގޯ ރޮޖާސް އެވެ.

ސެމީގައި ބްރެޒިލް ކުޅޭނީ މިރޭ އާޖެންޓީނާ އާއި ވެނެޒުއޭލާ ކުޅޭ ސެމީން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

މި މުބާރާތުގައި އެންމެ ފަހުން ބްރެޒިލުން އާޖެންޓީނާއާ ދެކޮޅަށް ކުޅުނީ 2007 ވަނަ އަހަރުގެ ފައިނަލުގަ އެވެ. އެ ފަހަރު ބްރެޒިލް މޮޅުވީ 3-0 އިންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުޑް ސެކިއުރިޓީ ގެ ބާބު

އަހަރެން މާލެ ހިޖުރަ ކުރިތާ ތިރީސް އަހަރަށްވުރެ ގިނަވީއެވެ. ޅަ ދުވަސްވަރު އަމިއްލަ ވަޒަން ދޫކޮށް، ރަޙުމަތްތެރިންނާއި ސަކަރާތް ...

ކަންނެލި މަސްވެރިކަން ދެކުނުގެ އަތޮޅުތަކުގައި ފަށައި އެކްސްޕޯޓު ބާޒާރަށް ނެރުން

ާއްޖޭގެ “ރަންބިސް އަޅާ ކުކުޅަށް” ސާޅީހަކަށް އަހަރު ފަހުން މިވަނީ “ކޮރޯނާ ވައިރަސް” ނުވަތަ ކޮވިޑް-19 ޖެހި އިންޓެންސިވް ...

އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމަވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން ...