މަރަދޫފޭދޫގައި އިންޑޯ ވޮލީ ކޮމްޕްލެކްސްއެއް އަޅަން ހަވާލުކޮށްފި

މަރަދޫފޭދޫގައި އިންޑޯ ވޮލީ ބޯޅަ ކޯޓެއް އެޅުމުގެ މަސައްކަތް ކުންފުންޏަކާއި ހަވާލުކޮށްފިއެވެ

މިދިޔަ އަންގާރަ ދުވަހު މިމަސައްކަތް ހަވާލުކޮށްފައިވަނީ ސާރީއާ އިންވެސްޓްމެންޓާއިއެެވެ.

މި މަސައްކަތް ސާރީއާ އިންވެސްޓްމެންޓާއި ހަވާލުކޮށްދެއްވީ އައްޑޫސިޓީ މޭޔަރ އަލީ ނިޒާރުއެވެ. މިއީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކޮށްފައިވާ މަސައްކަތެވެ. އެހެންކަމުން މިތަނުގައި އާންމު ގޮތެއްގައި މިފަދަ ކުޅިވަރު ކޮމްޕްލެކްސްއެއްގައި ހުންނާނެ ގިނަ ވަސީލަތްތައް ހުންނާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފައިވެއެވެ.

މިއިމާރާތުގެ މަސައްކަތް ފަށާތާ 190 ދުވަހުގެ ތެރޭގައި ނިންމުމަށް ސާރީއާ އިންވެސްޓްމެންޓާއި ހަވާލުކޮށްފައިވަނީ 3،873،894.32ރ. އަށެވެ.

ވޮލީއަކީ މީގެ ކުރީން އައްޑޫސިޓީގައި ވަރަށް ފޯރިގަދަކޮށް ކުޅެމުން ގޮސްފައިވާ ކުޅިވަރެކެވެ.

މިގޮތުން ރާއްޖޭގެ މަޝްހޫރު ވޮލީ ކުޅުންތެރީންގެތެރޭގައި ހިމެނިގެން ފޭދޫއާއި މީދޫ އަދި ހިތަދޫގެ ކުޅުންތެރީން ތަފާތު ކްލަބް ތަކުގެ ޓީމުތަކުން ފެނިގެންގޮސްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވައިފި

ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވައިފިއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ ...

ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ފުލުސް މީހާ ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ ފުލުސް މީހާ ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ...

އެމްޓީޑީން ރައީސް ސާލިހާ އެކު ބައްދަލުވުމެއް ބާއްވައިފި

ކުރީގެ ނައިބު ރައީސް، އަހްމަދު އަދީބު އުފައްދަވާފައިވާ ސިޔާސީ ޕާޓީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން އެމްޑީޕީގެ ...