ނުރުހުމަކީ ވަރަށް ބާރުގަދަ ޖަޒުބާތެކެވެ. ދެމިގެންދާ ނުރުހުން ބަދަލުވަނީ ނަފުރަތަށެވެ. މީހަކާމެދު ނަފުރަތު އުފެދުމުން އިންސާނަކަށްވީތީ އޮންނަ ރަހުމު ކެނޑެއެވެ. އަދި އަމުދުން ގާތްމީހެއްނަމަ، އެނަފުރުގެ ޖަޒުބާތުން އެމީހާގެ ސިކުނޑީގައި އަނެކާއަށް ނިކަމެތިކަމާއި ދެރަކަން ލިބުމަށް އެދުންވެރިވުމުގެ ޝުއޫރުތައް އުފެދެން ފަށައެވެ. ފަހުން އައިސް އެ ޖަޒުބާތު ބަދަލުވެގެންދަނީ އެންމެ މަތީދަރަޖައިގެ ހިތްދަތިގޮތްތައް އެމީހަކަށް މެދުވެރިކުރުވުމުގެ އެދުމަށެވެ.

ނުރުހުން އުފެދިގެން އަންނަނީ ދެމިގެންދާ ހިތްހަމަނުޖެހުމުގެ ތެރެއިންނެވެ. އެއީ އިންސާނީ ތަބީއަތެވެ. ހަމައެފަދައިން އެއްއިންސާނަކު އަނެއް އިންސާނަކާ މެދު ނުރުހުން އުފެދެން ދިމާވަނީ، ގަސްތުގައިިވިޔަސް ނުވަތަ ގަސްތަކާ ނުލާ ވިޔަސް އެމީހާގެ ހިތުގައި ޖެއްސުމުންނެވެ. ނުވަތަ ޖެއްސިގެންނެވެ.

އެހެންކަމުން، އަޅުގަޑުމެންގެ ދިރިއުޅުމުގައި އަނެކުންގެ ހިތުގައި ނުޖެއްސުމަށް ވިސްނުން ބެހެއްޓުމަކީ ފާގަތިކުރިމަގަކަށް އުންމީދުކުރާ ކޮންމެ މީހަކު ވިސްނަންވީ ކަމެކެވެ. އުފާވެރި ކުރިމަގަކަށް މަގުފަހިކުރުމަށްޓަކައެވެ. އިންސާނީ ނަސްލު އަމާންއޮމާންކަންމަތީ ދެމިގެންދިޔުން އޮތީ ނުރުހުމާއި ނަފުރަތުން އެއްކިބާވެގެންވާ މުޖުތަމިއު ތަކެއްގެ މައްޗަށް ކަމަށްވާތީއެވެ.

އަޅުގަޑުމެން ދިވެހިންނަކީ އުފާވެރި ކުރިމަގެއް ލިބިދާނެ ބައެކެވެ. އެއްބަހަކުން ވާހަކަދައްކާ، އެއްދީނެއްގެ، އެއްނަސްލެއްގެ ބަޔަކަށް ވީތީއެވެ. އެހެނަސް، ދެމިގެންދާގޮތަށް އަނެކާގެ ނުރުހުން ލިބޭގޮތަށް މީހުންގެ ހިތުގައި ޖެއްސުމަކީ އަޅުގަޑުމެންގެ ސަގާފަތުގެ ބައެއްކަމުގައިވީތީ، އެ އުފާވެރި ކުރިމަގު މިއޮތީ އަޅުގަޑުމެންނާ ވަރަށް ދުރުގައޭ ހިތަށް އަރައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުޑް ސެކިއުރިޓީ ގެ ބާބު

އަހަރެން މާލެ ހިޖުރަ ކުރިތާ ތިރީސް އަހަރަށްވުރެ ގިނަވީއެވެ. ޅަ ދުވަސްވަރު އަމިއްލަ ވަޒަން ދޫކޮށް، ރަޙުމަތްތެރިންނާއި ސަކަރާތް ...

އީޔޫ، އެމެރިކާ އަދި އިނގިރޭސިވިލާތަށް ވެސް، ނިހާނުގެ ވަރުގަދަ ސުވާލެއް!

ޔޫރަޕިއަން ޔޫނިއަންއާއި އެމެރިކާ އަދި އިނގިރޭސިވިލާތަށް ވެސް މެމްބަރު ނިހާނު ގެ ވަރުގަދަ ސުވާލެއް އަމާޒު ވެއްޖެއެވެ. ރާއްޖޭގައި ...

ކޯވިޑް-19 : އިތުރު 37 މީހަކު ޕޮޒިޓިވްވެއްޖެ

އިތުރު 37 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖޭގައި މިބަލި ޖެހުނު މީހުންގެ ޢަދަދު 1143އަށް އިތުވެއްޖެއެވެ. މީގެ ތެރޭގައި ...