އެފްރިކާގެ ނައިޖަރ ގައި ދިވެހި އަމިއްލަ ޖަމިއްޔާއަކުން މިސްކިތެއް ބިނާކޮށްފި

ދަރުމައަށް މަސައްކަތްކުރަމުން އަންނަ ދިވެހި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ “އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން” އިން ހުޅަނގު އެފްރިކާގެ ނައިޖަރ ގައި މިސްކިތެއް ބިނާކޮށްފިއެވެ. މަސްޖިދް އަންނާފިޢް ނަމުގައި މިމިސްކިތް މިހާވަނީ ހުޅުވާ ނަމާދުކުރަން ފަށާފައެވެ. މިކަން ހާމަކޮށްފައިވަނީ މި ޖަމިއްޔާގެ ފޭސްބުކް ޕޭޖްގައެވެ.

އެފްރިކާގެ ނައިޖަރ ގައި ދިވެހި އަމިއްލަ ޖަމިއްޔާއަކުން ބިނާކުރި މިސްކިތް

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މިރަށުގައި އަމިއްލަ ޖަމިއްޔާކުން މިސްކިތެއް ބިނާކުރި ފުރަތަމަ ފަހަރެވެ. 100 އިންސައްތަ ދިވެހިންގެ އެހީގައި، އަދި އެރަށުގައި އަމިއްލަ ޖަމިއްޔާއަަކުން ބިނާކުރި ފުރަތަމަ މިސްކިތުގެ ޝަރަފު ލިބިގެން މިދިޔައީ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން އަށެވެ.

އެފްރިކާގެ ނައިޖަރ ގައި ދިވެހި އަމިއްލަ ޖަމިއްޔާއަކުން ބިނާކުރި މިސްކިތް

ވުޟޫކުރެވޭނެ އިންތިޒާމްގެ އިތުރުން އަންހެން ކަނބަލުންނާއި ފިރިހެން ބޭފުޅުންނަށް މިމިސްކިތުގައި ވަކިން ފާޚާނާ ވަނީ ގާއިމް ކުރެވިފައިވެއެވެ.
މިސްކިތުގެ އެތެރޭގައި 340 މީހުންނަށް ނަމާދުކުރެވެއެވެ. އަދި މިސްކިތުގެ ބޭރާއި އެކު 700 މީހުންނަށް ޖަމާޢަތުގައި ނަމާދު ކުރެވޭނެއެވެ. މިސްކިތް ހުޅުވުނު ދުވަހުގެ ހުކުރު ނަމާދުގައި 700 އަށް ވުރެ ގިނަ މިމިސްކިތުގައި ހުކުރު ނަމާދުކޮށްފައިވާ ކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭންއިން ބުނެފައިވެއެވެ.

އެފްރިކާގެ ނައިޖަރ ގައި ދިވެހި އަމިއްލަ ޖަމިއްޔާއަކުން ބިނާކުރި މިސްކިތް

މި މިސްކިތުގެ ސަބަބުން މިހިސާބުގަނޑުގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ފުރުސަތު ލިބިފަ ނެތް އެތައް ބަޔަކަށް އެ ފުރުސަތު ލިބިގެން ހިނގައްޖެއެވެ. މި މިސްކިތް އެޅުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ބޭފުޅުންނަށް މިނެއް ނެތި ހެޔޮ އަޖުރު މިންވަރު ކުރައްވުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން ދުއާ ކުރައްވާފއި ވެއެވެ.

މަސްދަރު: އިރުވަރު

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަރުކާރަށް އެއް އަހަރު: އައްޑޫގައި 1.2 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުޙައްދު ޞާލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވިތާ މިއަދަށް އެއް އަހަރު ފުރުނީއެވެ. ...

މިފްކޯއިން މަސް ގަންނަ އަގު ކިލޯއެއް 25 ރުފިޔާއަށް ބޮޑުކޮށްފި

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސް ގަންނަ އަގު 25 ރުފިޔާ ...

ކެނެރީފް ރިސޯޓު: ޑިސެމްބަރު މަހު އަލުން ހުޅުވަނީ

އައްޑޫ ސިޓީގައި ހިންގަމުން އަންނަ ކެނެރީފް ރިސޯޓު އަލުން އަންނަ ޑިސެމްބަރު މަހު ހުޅުވަން ތައްޔާރުވާން ފަށައިފިއެވެ. އައްޑޫ ...