ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް: ރޭ ކުޅެވުނު މެޗްތައް ކާމިޔާބުކުރީ ޖަންތާ ގަރާޖް، ކްލަބް ލޮތާރި އަދި އެފްސީ ޒެފިޔާ

” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ” ފުޓްބޯޅަ މުބާރާތުގައި ރޭ ތިން މެޗް ކުޅެވުނެވެ.

 މިގޮތުން  ރޭ ކުޅެވުނު ފުރަތަމަމެޗް ކާމިޔާބުކުރީ ޖަންތާ ގަރާޖް އެވެ.

ޖަންތާ ގަރާޖް މިމެޗް ކާމިޔާބުކޮށްފައިވަނީ ކެނެރީފާއި ބައްދަލުކޮށް 1 ލަނޑު 0 ލަނޑުންނެވެ. މިމެޗްގައި ޖަންތާ ގަރާޖުން ކާމިޔާބުކުރި ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއިލް ސިއާންއެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޖަންތާ ގަރާޖްގެ އިސްމާއީލް ސިއާންއެވެ.

” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ”ޖަންތާގަރާޖާއި ކެނެރީފް ބައްދަލުކުރިމެޗްގެ މޮޅު ކުޅުންތެރިޔާ –  އިސްމާއީލް ސިއާން

 މިމުބާރާތުގައި ރޭ ކުޅެވުނު ދެވަނަ މެޗް ކާމިޔާބުކުރީ ކްލަބް ލޮތާރިއެވެ.

ކްލަބް ލޮތާރި މިމެޗް ކާމިޔާބުކުރީ ވައިކިންގު އެފްސީއާއި ބައްދަކުކޮށް 3 ލަނޑު 0 ލަނޑުންނެވެ. މިމެޗްގައި ލޮތާރި ޓީމުން ކާމިޔާބުކުރި 3 ލަނޑުގެ ތެރެއިން 2 ލަނޑު ސަހާފް ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޓެރީއެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލޮތާރިޓީމްގެ ސަހާފެވެ.

” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ”ކްލަބް ލޮތާރި އާއި ވައިކިންގު އެފްސީ ބައްދަލުކުރިމެޗްގެ މޮޅު ކުޅުންތެރިޔާ –  ސަހާފް

މިމުބާރާތުގައި ރޭ ކުޅެވުނު 3 ވަނަމެޗް ކާމިޔާބުކުރީ އެފްސީ ޒެފިޔާއެވެ.

ޒެފިޔާ މިމެޗް ކާމިޔާބުކުރީ ދެކުނު އެފްސީއާއި ބައްދަލުކޮށް 1 ލަނޑު 0 ލަނޑުންނެވެ. މިމެޗްގައ ޒެފިޔާއިން ކާމިޔާބުކުރި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އައިމަންއެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޒެފިޔާގެ މުހައްމަދު އައިމަންއެވެ.

” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ”ޒެފިޔާއާއި ދެކުނު އެފްސީ ބައްދަލުކުރިމެޗްގެ މޮޅު ކުޅުންތެރިޔާ –  މުހައްމަދު އައިމަން

މައުލޫމާތު ލިބިފައިވާގޮތުގައި މިމުބާރާތަކީ ހުޅުދޫ ޒުވާނުން އިންތިޒާމްކޮށް ހުވަގު ޖަމްއިއްޔާ މެދުވެރިކޮށް ބާއްވަމުންދާ މުބާރާތެކެވެ.

ޚަބަރާއި ގުޅޭ ފޮޓޯ: ފޭސްބުކްގެ ” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ” ޕޭޖުން އިން ނަގާފައި

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮޕަ ޑެލް ރޭގެ ޗެމްޕިއަންކަން ބިލްބާއޯ އަށް

ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ގެ ޗެމްޕިއަންކަން އެތުލެޓިކް ބިލްބާއޯއިން ހޯދައިފިއެވެ. އެތުލެޓިކް ބިލްބާއޯއިން މިމުބާރާތުގެ ޗެމްޕިއަންކަންހޯދީ ...

ރަޔަންގެ ހުނަރާއެކު އަމީގޯސް އެ ޓީމުގެ ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި

ޔޫތުޗެލެންޖް ކަޕް 2020 ގައި  އަމީގޯސް ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް ސެމީގެ ފުރުސަތު ބޮޑުކޮށްފި އެވެ. ބުދަ ...

މައިލޯސިޓީން ލޮތާރި ޖޫނިއާސް ކޮޅަށް 12 ލަނޑުޖަހައިގެން ފައިނަލަށް ދަތުރުކޮށްފި

“މިނިވަން ކަޕް ޔޫތު ޗެލެންޖް 2022”  ގެ ސެމީ ފައިނަލުގެ ދެވަނަ މެޗްގައި ހިތަދޫ މައިލޯ ސިޓީން މީދޫ ...