ރަޔަންގެ ހުނަރާއެކު އަމީގޯސް އެ ޓީމުގެ ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި

ޔޫތުޗެލެންޖް ކަޕް 2020 ގައި  އަމީގޯސް ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް ސެމީގެ ފުރުސަތު ބޮޑުކޮށްފި އެވެ.

ބުދަ ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި  އެފްސީ ކިއުކަމްބާއާއި  ދެކޮޅަށް ކުޅުނު މެޗު އަމީގޯސް އިން ކާމިޔާބުކުރީ 5 ލަނޑު 2 ލަނޑުންނެވެ.  ކުރިން އަމީގޯސް ކުޅުނު މެޗުގައިވެސް 3 ލަނޑުޖަހާ ހެޓްރިކް ހަދާފައިވާ އަމީގޯސްގެ ޒުވާން ހުނަރުވެރި ފޯވާޑް ރަޔަންވަނީ ބުދަ ދުވަހު ކުޅެވުނު  މެޗުގައިވެސް ހުނަރުވެރި މޮޅު ކުޅުމެއް ދައްކާ  3 ލަނޑު ޖަހާ ހެޓްރިކް ހަދާފައިވެއެވެ. އަދި  މިމެޗްގެ މޭން އޮފް ދަ މެޗުގެ މަގާމްވެސް ހޯދާފައިވަނީ ރަޔަންއެވެ.

މިމެޗްގައި އަމީގޯސްއިން ކާމިޔާބުކުރި އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ގުސައްޔުއެވެ. ގުސައްޔުއަށް މިލަނޑު ޖެހުމަށްވެސް މަގުފަހިކޮށްދީފައިވަނީ ރަޔަންއެވެ.

ކިއުންކަންބާ ޓީމުން މިމެޗްގައި ކާމިޔާބުކުރި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އިލްހާމު (ލޭ) އާއި ޝިމާނު (ކައްލޭ) އެވެ.

5 ލަނޑު 2 ލަނޑުން އަމީގޯސް މިމެޗް ކާމިޔާބުކުރިނަމަވެސް ދެޓީމުގެ ފަރާތުންވެސް ދާދިހަމަހަމަ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ކިއުކަންބާޓީމަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންގޮސްފައިވެއެވެ. މިގޮތުން ކިއުކަންބާޓީމުގެ ހުޒައިމުއަށާ މުސައްވިރުއަށް އަމީގޯސްޓީމުގެ ގޯލްކުރިމަތިން ލިބުނު ހުސްފުރުސަތުތައް ފާހަގަކޮށްލަންޖެހެއެވެ.

މި މުބާރާތުގެ ބްރޫޕް ބީގައި ހިމެނޭ އަމީގޯސްއާއި ކިއުކަންބާޓީމު މިހާތަނަށް ދެމެޗް ކުޅެފައިވާއިރު ކުޅުނު ދެމެޗުން މޮޅުވެ އަމީގޯސްއަށް 6 ޕޮއިންޓް ވަނީ ލިބިފައެވެ. ކިއުކަންބާޓީމް ކުޅުނު ދެމެޗްގެ ތެރެއިން 1 މެޗުން އެއްވަރުވެ އެއްމެޗުން ބަލިވެފައިވާތީ އެޓީމަށް ލިބިފައިވަނީ 1 ޕޮއިންޓެވެ.

މިމުބާރާތުގައި މިއަދު ކުޅެވޭ މެޗްގައި ބައްދަލުކުރާނީ ގްރޫޕްއޭގައި ހިމެނޭ އެފްސީ ބަސްޕާކާއި ކްލަސްޓާ އެފްސީއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވިލާތުގެ އިއްތިހާދުން ރާއްޖެއަށް ތިންމިލިއަންޔޫރޯގެ ހިލޭ އެހީއެއް ދެއްވައިފި

ވިލާތުގެ އިއްތިހާދުން ރާއްޖެއަށް ތިންމިލިއަން ޔޫރޯގެ ހިލޭ އެހީ އެއް ވެދެއްވަން ނިންމަވައިފިއެވެ. މީގެ ތެރެއިން އެއްމިލިއަން ޔޫރޯއަކީ ...

ޖަލު ހުކުމެއްގައި ހުރި ޒިޔަތު ގޭބަންދަށް ބަދަލުކޮށްފި

Advertisement  އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ...

ގައުމު ސްޓްރީޓް ކަޕް – ކަޅަބެންޗާ އާއި އުސްގަޑަ ބައްދަލުކުރިމެޗް އުސްގަޑަ ކާމިޔާބުކޮށްފި

ގައުމު އެފްސީން  އިންތިޒާމުކޮށްގެން މީދޫގައި  ބާއްވާ “ގައުމު ސްޓްރީޓް ކަޕް” ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗު ހިތަދޫ އުސްގަޑަ ...