އައްޑޫ ކޯޓް ކޮމްޕްލެސް އިމާރާތްކުރުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރެކްޝަނަށް

އައްޑޫގައި އިމާރާތް ކުރާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލު ކުރައްވައިފިއެވެ.

އައްޑޫސިޓީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އައިޝަތު ރިޒްނާއެވެ. އެސްޖޭ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ޝިހާދު އިބްރާހިމްއެވެ.

އައްޑޫ ސިޓީގައި އިމާރާތް ކުރާ ކޯޓު ކޮމްޕްލެކްސް އެސްޖޭ ކޮންސްޓްރެކްޝަނާއި ހަވަލުކުރެއްވީ 360 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިމަޝްރޫޢަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން 123 މިލިޔަން ރުފިޔާ ޚަރަދުކުރައްވައިގެން ހިންގާ މަޝްރޫއެކެވެ. މިމަޝްރޫޢާއެކު އައްޑޫ ސިޓީގައި ހިންގާ ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެއެވެ.

އައްޑޫގައި އިމާރާތް ކުރެވޭ ކޯޓު ކޮމްޕްލެކްސް އަކީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ޑިސްޓްރިކްޓް ކޯޓުތަކުގެ ތެރެއިން އިމާރާތް ކުރެވޭ ފުރަތަމަ ކޯޓު ކޮމްޕްލެކްސްއެވެ. އައްޑޫ ސިޓީގައި ޤާއިމް ކުރެވޭ ޑިސްޓްރިކްޓް ކޯޓުގެ މަސައްކަތް ނިމި މަސައްކަތް ފެށުމުން އެސަރަހައްދުގައި ހިމެނޭ މައްސަލަތައް ދެން ބަލާނީ، އެކޯޓުންނެވެ.

މިއާއިއެކު އައްޑޫ ސިޓީގައި ހިންގާ ކޯޓުތަކުގެ ޚިދުމަތް އެއްފުރާޅެއްގެ ދަށުން ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މަސްދަރު: ޕީއެސްއެމްނިއުސް

ޚަބަރާ ގުޅޭ ފޮޓޯ އައްޑޫ ލައިވް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައްޔިތުން ރައީސް ސާލިހާއިއެކު ތިބުން ލާޒިމް: ފެނަކަ ސަޢީދު

ރައީސް ޞާލިޙާއެކު ރައްޔިތުން ތިބުމަކީ ލާޒިމް ކަމެއް ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ. ...

އައްޑޫ އިން ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ގައިން އަނިޔާގެ ނިޝާންތަކެއް، މައްސަލަ ޕޮލިހަށް

އައްޑޫ ސިޓީ އިން ކޮވިޑް ޖެހިގެން ރޭ މަރުވި މީހާގެ ހަށިގަނޑުން އަނިޔާގެ ނިޝާންތަކެއް ފެންނަން ހުރުމުން އެ ...

“އިންޑިއާ އައުޓް” ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައިފި

އިދިކޮޅުން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި، އެ ހަރަކާތް ...